އީރާގްގެ ބަގްދާދްގައި ކުރިއަށްގެންދިޔަ ކައިވެނީގެ ހަފްލާއެއްގައި ޖެހި ލަވައަކުން ކައިވެނި ރޫޅިވެއްޖެއެވެ.

މިއީ އެ ގައުމުގައި މިހާ އަވަހަށް ކައިވެންޏެއް ރޫޅުނު ކަމަށް ރެކޯޑްތަކުން ދައްކާ ފުރަތަމަ ކައިވެންޏެވެ. އެ ކައިވެނީގެ ހަފްލާގައި ޖެހި ސީރިއާ ލަވައަކުން ފިރިހެން މީހާ އޭނާގެ އަންހެނުން ވަރިކުރީ ކަމަށް ވެއެވެ.

ނޭޝަނަލް ނިއުސް ސެންޓަރުން ރިޕޯޓްކޮށްފައިވާގޮތުން އެ ލަވައަކީ ސީރިއާ ލަވައެއް ކަމަށްވާ މެސޭޓަރާ އެވެ. އެ ލަވައަކީ ސީރިއާގެ ލަވަކިޔުންތެރިޔާ ލަމިޒް ކާންގެ ލަވައެވެ. އެ ލަވައިގެ ތަރުޖަމާގައި ވަނީ "އަހަރަން ގަދަވާނެ. ނުވަތަ އަހަރެން ކަލޭ ކޮންޓްރޯލް ކުރާނަން". މިހެންނެވެ.

އެ ނޫހުން ބުނެފައިވާގޮތުގައި، ނަން ހާމަކޮށްފައި ނުވާ އެ ދެމަފިރިންގެ ކައިވެނީގެ ހަފްލާގައި މި ލަވަ ޖެހުމުން ފިރިހެން މީހާ ރުޅި އައިސްފައި ވަނީ އަންހެން މީހާ އެ ލަވައަށް ނެށުމުންނެވެ. މިއާއެކު ފިރިހެން މީހާ އާއި އޭނާގެ އާއިލާ މިކަން ބޮޑު މައްސަލައަކަށް ހެދިއެވެ.

އަދި އެ ހަފްލާ ތެރޭގައި ދެމަފިރިން ޒުވާބުވެސް ކުރިއިރު، ޒުވާބު ނިމިގެން ދިޔައީ ވަރިއާ ހަމައިން ކަމަށް ވެއެވެ.

މީގެ ކުރިންވެސް ކައިވެނީގެ ހަފްލާތަކުގައި ދިމާވާ ކަންކަމުގެ ސަބަބުން ވަރިއާ ހަމައަށް ގޮސްފައިވެއެެވެ.