މިއީ މީގެ އެތަކެއް އަހަރެއް ކުރީގައި ހިނގާފައިވާ ހާދިސާއެއްގެ ވާހަކައެކެވެ. ޔޫކްރެއިންގެ ގަނޑު ފިނިތަކުގެ ތެރޭއަށް ކުއްތާއެއްވެސް ނަގާ އެއްލާ ނުލެވޭނެއޭ ކިޔާ މީހުން ޖޯކް ޖަހަމުން ދިޔައެވެ. މިއީ އެފަދަ ދުވަސްވަރެއްގައި ހިނގައިދިޔަ ހާދިސާއެކެވެ. މި މަންޒަރު ފެނުނު އެތައް ބަޔަކު ބިރު ގަނެ ލޮލުން ދެކެ އަތުން ހިފި ކަމެއް ވެސް މެއެވެ.

އެހިސާބުގައި ދިރިއުޅެމުންދިޔަ މީހުންނަށް ވަނީ ގަދަ ފިނީގައި ކުއްތާއެއް ސިޑިމަތީގައި ދެދުވަސް ވަންދެން އޮށޯވެގެން ގުޑާވެސް ނުލާ އޮތް މަންޒަރު ފެނި ހައިރާންކަން ލިބިގެން ގޮސްފައިވެއެވެ. ކުއްތާ ފިނިން ސަލާމަތް ކުރުމަށްޓަކައި އެއާ ކައިރި އަށް ދިއުމުން ފެނިގެންދިޔަ މަންޒަރަކުން އެ އެންމެން ސިހިގެން ދިޔައެވެ. ކުޑަ ކުޑަ ކުއްޖަކަށް ކުއްތާ ދިޔައީ އޭގެ ހަށިގަނޑުން ހޫނު ކޮށްދެމުންނެވެ.

އެ ހޫނު ލިބި ލިބި އޮތީ އުމުރުން އެންމެ ދެ އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ކުޑަ ކުއްޖާ އެކަނި މާ އެކަނި މަގުމައްޗަށް ދޫކޮށްލާފައިވަނީ މި ކުއްޖާ ވިހެއި މަންމައެވެ. މި ކުއްތާ އެހީ ނުވި ނަމަ، އެކުއްޖާ ދިރި ހުންނާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. އަދި އެއްވެސް ވަރަކަށް ހަރަކާތެއް ނުކުރީހެވެ.

މި ކުއްތާ ދިޔައީ ދެ ދުވަސް ވަންދެން އެ ކުއްޖާ ދޫކޮށް ނުލައި އެކުއްޖާ އަށް ދޭންޖެހޭ ހޫނު އެންމެ ފުރިހަމަޔަށް ދެމުންނެވެ. އެތަނަށް ދިޔަ މީހުން މި ކުއްޖާއަށް ފަރުވާ ދިނުމަށްޓަކައި އަވަހަށް ހޮސްޕިޓަލަކަށް ގެންގޮސްފައިވެއެވެ. މި ކުއްޖާ ބެލި ޑޮކްޓަރުން ބުނެފައިވަނީ އެކުއްޖާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިނި ވެފައިވާ ކަމަށާއި އަދި ކުއްޖާ ވަރަށް ބޮޑަށް ވަރު ދެރަވެފައިވާ ކަމަށެވެ.

ނަމަވެސް ކުއްތާގެ ފަރާތުން ލިބިގެން ގޮސްފައިވާ އެހީތެރިކަމުގެ ސަބަބުން އެހާ ބޮޑު ބިރެއް ނެތް ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވެއެވެ.

މިހާރު މި ކުއްޖާގެ މަންމަ ވީ ޖަލުގައެވެ. ފިރިހެން ކުއްޖާ މިހާރު ބަލަމުންދަނީ އަޅާލާނެ މީހަކު ނެތި ތިބޭ މީހުން ބަލަހައްޓާ ތަނަކުންނެވެ. އެކުއްޖާގެ އެއްވެސް ސިއްހީ މައްސަލައެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެރަވެއްޖެ

    އިންސާނުން ވިހާފަ ދަރިން މަރާފަ އެއްލާލުމަށްވެސް ފަހެއް ނުޖެހޭ ކަން ހިނގާފަ ހުންނަ ބައެއް ހާދިސާތަކުން އެނގި ހާމަވޭ..ނަމަވެސް ޖަނަވާރުން އެސޮރުމެންގެ ޅަދަރިން ފުރާނަ އަތް މައްޗަށް ލައިގެން ވިޔަސް ނުރައްކާތަކުން ސަލާމަތް ކުރަން މަސައްކަތްކުރޭ..އަދި އެޅަދަރިން ދުވަހަކުވެސް ދޫކޮށްނުލާ..އެސޮރުމެން ދިރިހުރިހާ ދުވަހަކު އެޅަދަރިން ބަލަހައްޓާ...އަދި އެސޮރުމެންގެ ދަރިން ނޫންނަސް އެހެން ބައެއްގެ ކުދިޅަދަރިންނަށްވެސް ރަޙުމްކޮށް އޯގާތެރިވޭ..ބައެއް އިންސާނުންނަށް ނުވޭ އެވަރުވެސް.

    11
    1