ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ވަނީ އިއްޔެގެ ވަގުތެއްގައި ނިޔާވެފައެވެ. އައިޓީގެ ދާއިރާއިން ގިނަ ހިދުމަތްތައް ކޮށްދެއްވާފައިވާ ޑާޑި ނިޔާވެފައިވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ޖެހުމަށްފަހުގައި ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.
އުމުރުން 38 އަހަރުގެ ޑާޑި އަކީ ޓެކްނޮލޮޖީގައި ދާއިރާގައި މަސައްކަތް ކުރާ ހުނަރުވެރި ޒުވާނެކެވެ. ޓެކްނޮލޮޖީގެ ދާއިރާގައި 15އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ޑާޑި ނިޔާވިއިރުގައި ދިރިއުޅެމުން އައީ މެލޭޝިއާގައެވެ. މެލޭޝިޔާގައި ދިވެހި ޑިވަލޮޕަރުންތަކެއް އިސްވެ ތިބެ އުފައްދާފައިވާ އެނިމޭޝަން ބާޒާރު ލޮޓީފައިލްސްގެ ޕްރޮޑަކްޓް ލީޑެއްގެ ގޮތުގައި މަސައްކަތް ކުރާ ޑާޑި ނިޔާވުމާއި ގުޅިގެން އޭނާގެ އެކުވެރިންނާއި ޓެކް ދާއިރާގެ ފަރާތްތަކުން އަންނަނީ އެކަމުގެ ހިތާމަ ފާޅު ކުރަމުންނެވެ. ކުއްލި ގޮތަކަށް ރިޔާޒީ ވަކިވެގެން ދިއުން ވެގެން ދިއައީ އޭނާގެ ރައްޓެހިންނަށް ގަބޫލުކުރަން އުނދަގޫ ހަގީގަތަކަށެވެ.
އޭނާ ނިޔާވިއިރު އޭނާ ވަނީ ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އޭންޖަލް ހެކްގެ ނަމުގައި ހެކަތޯންއެއް ރާއްޖޭގައި ބާއްވާ އިންތިޒާމުކޮށްފައިވެއެވެ. އަދި އާ ވިޔަފާރިތައް ފެށުމަށް އެހީތެރިވެދިނުމަށް ސްޓާޓްއަޕް ވީކެންޑުގެ ނަމުގައި ހަރަކާތެއް އިންތިޒާމްކުރުމުގެ އިތުރަށް ސައިންސަށް ލޯބިކުރާ މުޖުތަމައެއް އުފެއްދުމަށް އުފެއްދި ސައިންސް އެންމެން ޖަމްއިއްޔާގެ އިސް މުއައްސިސުންގެ ތެރޭގައި ވެސް އޭނާ ހިމެނެއެވެ. ހަމައެހެންމެ ޑިވަލޮޕަރުން ކުރިއެރުވުމަށް ކިކް ސްޓާޓާގެ ނަމުގައި ހިލޭ ސާބަހަށް ހަރަކާތެއް ފަށައި ހިންގުމުގައި އިސް ދައުރެއްވެސް އޭނާ އަދާކޮށްފައިވާއިރު އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް ސްޕާކް ހަބް މޫވްމަންޓުގެ ނަމުގައި ވެސް އޭނާ ވަނީ ހަރަކާތެއް އުފައްދާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ)ގައި މޮބައިލް ފޯން ބޭންކިން ޔުނިޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމާއި، އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖާ/ މެނޭޖާ އިންފޮމޭޝަން ސިސްޓަމްސްގެ މަގާމުގެ އިތުރުން ދިވެހި އިންޝްއަރެންސް އަދި އެންސިސް ފިޝަރީޒްގެ އިންފޮމޭޝަން ޓެކްނޮލިޖީ ކޮންސަލްޓެންޓްގެ މަގާމުވެސް އަދާކުރެއްވި ޑާޑި ވަނީ މެލޭޝިއާގެ މައިންޑް ވެލީގެ ނިއާ ޕްރޮޑަކްޓް މެނޭޖާ/ ހެޑް އޮފް އިންފުރަ ސްޓުރަކްޗާ އެންޑް ސެކިއުރިޓީގެ މަގާމުވެސް އަދާކުރައްވާފައެވެ.
އޭނާ2004 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލްކުރީ ނިއު ޒިލޭންޑުގެ ވެލިންގުޓަންގެ ވިކްޓޯރިއާ ޔުނިވަސިޓީއިން އިންފޮމޭޝަން ސިސްޓަމްސް އެންޑް އެކައުންޓިންގެ ދާއިރާއިންނެވެ. އަދި އޭގެ ފަހުން 2008ގައި ކޮމްޕިއުޓިން އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ޕްރޮޖެކްޓް މެނޭޖުމަންޓުގެ ދާއިރާއިން ސިންގަޕޫރުގެ ގައުމީ ޔުނިވަސިޓީއިން އޭނާ ވަނީ މާސްޓާސް ހާސިލްކޮށްފައެވެ.
އިއްޔެ ކަންވީ ކިހިނެއް؟
އިއްޔެ މެލޭޝިއާގެ ގަނޑިން މެންދުރުގެ ވަގުތެއްގައި ޑާޑި އޭނާ މެލޭޝިޔާގައި ދަތުރުކުރަމުން ދިޔަ ހައިވޭގައި 'ދި އާތް' ލިޔެފައިވާ ސައިން ބޯޑަކަށް އިޝާރާތް ކުރަމުން އިންސްޓަގުރާމް ސްޓޯރީގައި ލިޔެފައިވަނީ ތަފާތު ބަސްކޮޅެކެވެ. "އަހަރެން މިދަނީ ރަނގަޅު ދިމާލަށް" ހައިވޭގައި "ދި އާތް" ލިޔެފައިވާ ސައިން ބޯޑަށް އިޝާރަތް ކުރަމުން އޭނާގެ ސްޓޯރީގައި ލިޔެފައިވެއެވެ.
ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ވެކްސިން މިވަނީ ވަރަށް މުހިއްމު އެއްޗަކަށް ވެފައެވެ. ބައެއް ގައުމުތަކުގައި ވެކްސިންގެ ދެ ޑޯޒް ޖެހުން މަޖުބޫރުކޮށްފައިވާއިރު އަނެއްބައި ގައުމުތަކުގައި ތިން ޑޯޒް ހަމަނުކުރާ ފަރާތްތަކަށް އަންނަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެހެންކަމުން އިއްޔެ ޑާޑި ވެސް ވަނީ ވެކްސިންގެ ތިން ވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.
އެހެންނަމަވެސް ތިންވަނަ ޑޯޒް ޖެހިތާ ތިން ގަޑިއިރެއްހާ އިރު ތެރޭގައި ދެން އިވުނީ އޭނާ އަބަދުގެ އަބަދަށް ވަކިވި ހަބަރެވެ. ޑާޑިއާއި ގާތް ފަރާތަކުން މިއަދު "ވަގުތު" އަށް ކިޔައިދިން ގޮތުގައި ޑާޑި ނިޔާވެފައިވަނީ ވެކްސިންގެ ތިން ވަނަ ޑޯޒް ފުރިހަމަ ކުރުމަށް ފަހުގައި ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ. އޭނާ ނުކުތީ ހިނގާލާށެވެ. އަދި އޭރު ވެކްސިން ޖެހިތާ މާގިނައިރެއް ނުވާނެ ކަމަށް ވެސް ނަން ނުޖެހުމަށް އެދި މައުލޫމާތުދިން ފަރާތުން މިއަދު ކިޔައިދިނެވެ.
އޭނާ ނިޔާވުމާއި ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު އަދި އޭނާ ދަންނަ ގާތް ރަހުމަތްތެރިން އަންނަނީ އެކަމުގެ ހިތާމަ ފާޅު ކުރަމުންނެވެ. "އެއީ އަހަރެން ދަންނަ އެންމެ ރަނގަޅު އިންސާނާ. ކޮންމެ ދުވަހަކުވެސް ހަނދާންވާނެ" ލޮޓީ ފައިލްސްގައި އޭނާއާއިއެކުގައި މަސައްކަތް ކުރި އެކުންފުނީގެ ޕްރޮޑަކްޓް މެނޭޖަރ ހާރިސް އިއްޔެ އޭނާގެ ޓުވީޓާގައި ލިޔެފައިވެއެވެ.
ރަހުމަތްތެރިންގެ ނަޒަރުގައި ޑާޑި
"ޑާޑީ އަކީ މީހަކަށް ލިބޭނެ އެންމެ ރަނގަޅު ރަހުމަތްތެރިޔާ އަދި އެކުގައި މަސައްކަތްކުރަން ވެސް ހަމަ އެ ވަރެއް ނެތް. އިންސާނިއްޔަތުކަމުގެ އެންމެ ރިވެތި މިސާލު ދައްކައިދިން" އޭނާއާއި އެކު ލޮޓީފައިލްސްގައި ޑިވަލޮޕަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޑާޑިގެ ގާތް އެކުވެރިއެއް ކަމަށްވާ އަހުމަދު އަލީ (އައްމަޑު/އަޖައިބު) ބުންޏެވެ.
ޑާޑިގެ ހުރިހާ ރަހުމަތްތެރިންވެސް އިއްތިފާގުވާ އެއް ކަމަކީ މަސައްކަތަށް އޭނާ ބަހައްޓާ ފަރުވާތެރިކަމެވެ. ހިތްހެޔޮކަމާއި ހިތްތިރިކަމެވެ. އެކުވެރިކަމުގެ ލާމަސީލު މިސާލެކެވެ. އޭނާ އަކީ ޓެކްނޮލަޖީގެ ދާއިރާގައި ގައުމަށް ބޭނުންވާ ކަންކަމުގައި އަބަދުވެސް ފަސޭހައިން އިޖާބަދޭ ފަރާތެކެވެ. އަދި އެކަންކަން އޭނާ ކުރަނީ ވަރަށް ކުރާހިތުން ފަރުވާތެރިކަމާއިއެކުގައި ކަމަށް ވެސް އޭނާގެ އެކުވެރިން ކިޔައިދީފައިވެއެވެ.
ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ހިދުމަތްތެރިއެއް ވަކިވެދިޔައީ މުޅި ގައުމު ރޮއްވާފައެވެ. ހާއްސަކޮށް އައިޓީ ދާއިރާއަށް އޭނާ ކޮށްދިން ހިދުމަތްތަކުގެ ސަބަބުން އޭނާއަކީ އެފަދަ ދެވަނަ އެއް ނެތް ހުނަރުވެރިއެއްގެ ގޮތުގައި އޭނާގެ އެކުވެރިންގެ އިތުރުން ދުވަހަކު އޭނާއާއި ބައްދަލުނުވާ މީހުންވެސް ދަނީ ސިފަކުރަމުންނެވެ.
"ރިޔާޒީގެ ކުއްލި މަރުން ލިބުނީ ޝޮކެއް. އެއީ ހަމައެކަނި ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރި މީހެއް ނޫން؛ އަބަދު ވެސް ކަންކަން ކޮން ނިންމައިދީގެން ކޮންމެ ކަމަކަށް އެހީތެރިވެދިން. ރިޔާޒީގެ ވަކިވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް" ޑާޑި ނިޔާވި ހަބަރު ހިއްސާ ކުރައްވަމުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވިއެވެ.
އަދިވެސް މި ތަނުގަ ވެރިއަކަށް ހުރި ނުލަފާ ވެރިޔާ ހުރިހާ ރައްޔިތުންނަށް މަޖުބޫރު އެ ކުރަނީ ތިޔަ ފަދަ ނުރައްކާތެރި އެއްޗެއްޖަހަން. ވެކްސިނަކީ އިހްތިޔާރީ އެއްޗެއްކަމުގަ ހަދަން ގޮވާލަން
ޑާޑި ދުނިޔޭގައި ހުރި އިރު ޑާޑިގެ ރަނގަޅު ކަމާއި ހިތް ހެޔޮކަން ޑާޑި ކައިރީ ބުނީ ކިތަށް މީހުންބާ. ދުނިޔޭގައި ހުރި އިރު ނުދިން ލޯތްބެއް މަރުވީމަ ދިނުމުގެ ބޭނުމެއް އެބަ އޮތްތަ. ދުނިޔޭގަ ހުއްޓަ އެއް ނޫންތަ ލޯބީ ދޭންވީ. ޑާޑިއަށް ހެޔޮ ރަހްމަތް ލައްވައި ސުވަރުގޭގެ ނިމުމެއް ނެތް ނިއުމަތް މިންވަރު ކުރައްވާށި
ޑާޑީގެ މަރު، ވެކްސިނާ ގުޅުވައިގެން ޚަބަރުތައް ލިޔުނީމަ ގިނަމީހުން ޤަބޫލުކޮށްފާނެ ވެކްސިން ޖެހުމުންނޭ އޭނަ މަރުވީ. އެކަމަކު ވިސްނާލަންވީ އެތައް މިލިޔަން މީހުން މިހާރު ވެކްސިން ޖަހައިފިކަމާއި، ވެކްސިން ޖެހުމުގެ ސަބަބުން ކިތައްމީހުން މަރުވިތޯ. މީހެއްގެ މަރު އަންނާނެ ވަގުތެއް ނޭނގޭނެ. އަދި އޭނާ މަރުވީ ވެކްސިން ޖެހުމުގެ ސަބަބުންކަން ޑޮކްޓަރީ ގޮތުން ސާބިތުކޮށްގެނެއްނޫން ތިގޮތަށް ޚަބަރުތައް ލިޔަނީ. ޚަބަރު ލިޔާމީހާ ހިތަށްއެރި ގޮތަކަށް ޚަބަރު ލިޔަނީ. އެއީ އެމީހުންނަށް އެ މިނިވަންކަން އޮތީމަ. ޚަބަރު ލިޔެވިދާނެ މީހަކު ހިނގާލަން ގޮސް އުޅެނިކޮށް މަރުވެއްޖެކަމަށްވެސް. ނުވަތަ އެމީހަކު އެންމެ ފަހުން ކުރިކަމެއް މިސާލަކަށް ފެންފޮދެއް ނުވަތަ ކޮފީއެއް ބޯލިތަނާ މީހަކު މަރުވެއްޖެ. މިހުރީ ސުރުޚީތައް ޖެހިދާނެ ގޮތްގޮތް.
ކިތަންމެ ބައިވަރު ވެކްސިން ޖެހިޔަސް ހެޔޮހާލުގަ ޒުވާން އުމުރުގަ ވެކްސިން ޖަހައިގެން އެންމެ މީހަކުވެސް މަރުވުމަކީ ވަރަށް ބޮޑު މައްސަލައެއް. މިއީ ހަމައެކަނި ވެކްސިން ޖަހައިން މަރުވި މީހާއެއް ނޫން ތިޔަ ބުނާ ޑަކްޓަރީ ގޮތުން ވެކްސިނާ މަރާ ގުޅޭކަން އެބަދައްކާ އަދި ގަނޑު ލޭކޮޅު ހެދޭކަން އެމީހުން އެބަބުނޭ. އަދި ހާއްސަކޮށް މިކަހަލ ރިސްކެއް އޮތް އިރު މަޖުބޫރުން ތިންވަނަ ޑޯޒެއް ޖަހުވަން އުޅުމަކީ ވަރަށް ބޮޑު އަނިޔާއެއް. ކޮވިޑުގެ ރިސްކު ހައި މީހުންނަށް ވެކްސިން މުހިއްމު. އެމީހުންނަށް އެކިޔާދީ ބޭނުންނަމަ ބޫސްޓަރ ދޯޒުގެ އިޚުތިޔާރު ދޭންވީ. އެހެނޭ ކިޔާފަ ރިސްކު ނެތް މީހުން ދެ ޑޯޒު ޖަހާފަ އަނެއްކާ ރިސްކު ނެގުން މިއީ ކޮން ކަހަލަ ލޮޖިކެއް.
މީގަ ބަލަންވީ ކަމަކީ ވެކްސިން ޖެހުމުން ލިބޭ ރައްކާތެރިކަންތޯ ބޮޑީ ނުވަތަ ވެކްސިން ނުޖެހުމުން ލިބިދާނެ ނުރައްކާތޯ ބޮޑީ.
މަރުވާން ސަބަބެއް އޮވޭ ބައެއް ފަހަރު. އެސަބަބާއި ދުރުހެލިވުން ބުއްދިވެެރި.
ދުނިޔޭގަހުރިއިރުވެސް ރިޔާޒީ އަކީއަޚްލާގީގޮތުންނާއި މީހުންނަށް ހިތްހެޔޮކަމާއި އެހީތެރިވުމުގެ ލާމަސީލް ނަމޫނާ ބޭފުޅެއް. ހަރުދަނާ ދެމަފިރިއެއްގެއޯގާތެރި ކަމާއެކުފުރިހަމަ ތަރްބިއްޔަތާ
ޤަވްމުގެ ކިޔަވައިގެން ހުރި ހުނަރުވެެރި އެފަދަ ދެވަނައެއްނެތް ދިވެއްސަކު އެދިޔައީ..
ގައުމު ރޮއްވައިފިއޭ ބުނާ ވަރެއް ނުވޭ ދޯ މަސްހޫރު މީހުން މަރުވާނެ އެކަމު އޭނާ އެއީ މިގައުމަށް ކިހާ ހިދުމަތް ދިން މީހެއްތޯ އެތައް ބަޔަކަށް ފައިދާ ވިތޯ ބޮޑު މީހެއްގެ ދަރިއެއް ވިމާ އިސްލާމީ މަރުކަޒްގައި ކަށު ނަމާދު ވެސް ކިހާ ދެރަމެއް