މިހާރު އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް ތަރިއަކަށް ވާނީ ބޮލީވުޑްގެ އެކްޓަރ ރަންވީރު ސިންގއެވެ. ލޯބިވެރިޔާ ދިޕިކާ ޕަދުކޯންއާއެކު ފެނިގެން ދިޔަ ފިލްމް ޕަދްމަވާތީއަށްފަހު ރަންވީރުގެ މަޝްހޫރުކަން ވަނީ އިތުރުވެގެން ގޮސްފައެވެ.

މިފަހަކުން ރަންވީރު ބުނިގޮތުގައި، ކުޑައިރު އޭނާ އުޅެން ބޭނުންވީ ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރް އުޅޭހެންނެވެ. މި މަހުގެ 6 ވަނަ ދުވަހު އެކްޝޭ ރަންވީރުގެ އުފަން ދުވަހާއި ގުޅުވައިގެން ކުރި ޕޯސްޓަށް ކޮމެންޓް ކުރަމުން ރަންވީރު މިގޮތަށް ބުނިއިިރު، އޭނާ ވަނީ އެކްޝޭދެކެ ލޯބިވާކަންވެސް ހާމަކޮށްފައެވެ.

ރަންވީރުގެ މަސައްކަތްތަކަށް ބަލާއިރު، އޭނާ މިހާރު ދަނީ ސިމްބާގެ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު ދެ ފިލްމެއްގެ މަސައްކަތް ކުރުމަށްވެސް އޭނާ ވަނީ ނިންމާފައެވެ.

ރަންވީރު އާއި ލޯބިވެރިޔާ ދިޕިކާ އެކު ކުޅުނު ފިލްމްވެގެން ގޮސްފައި ވަނީ އިންޑިއާގެ ހިޓަކަށެވެ. މީސް މީޑިޔާގައި ގިނަ ބަޔަކު މި ދެ ތަރިންގެ މޮޅުކަމަށް ތައުރީފް ކުރިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރަންވީރުގެ އުފަން ދުވަހު އޭނާ ހުރީ ސިމްބާ ޝޫޓިންގއަށް ހައިރަރްއާބާދުގައެވެ. އެތަނުގައި ދިޕިކާއެކު އުފަން ދުވަސް ފާހަގަކޮށްފައިނުވާއިރު، ދެ ތަރިން އެކުގައި ބައްދަލުވެފައި އުފަންދުވަސް ފާހަގަކުރާނެކަމަށް ބެލެެވެއެވެ،

2010 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ރަންވީރުއަކީ މިހާރު ބޮލީވުޑްގައި އަގުބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާއަކީ އެވޯޑްތަކެއް ހާސިލްކޮށްފައިވާ އެކްޓަރެއްކަންވެސް ފާހަގަކޮށްލަން ޖެހެެއެވެ.