ބްރެޒިލްގެ އަންހެނަކު ޕްލާސްޓިކް ސާޖަރީއެއް ހަދައިގެން ހަށިގަނޑުގެ ބައެއް ގުނަވަންތައް ބޮޑު ކުރަން އުޅެނިކޮށް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން މަރުވެއްޖެއެވެ.
ޕްލާސްޓިކް ސާޖަރީ ކުރީ ބްރެޒިލްގެ ވަރަށް މަޝްހޫރު ޕްލާސްޓިކް ސާޖަންއެކެވެ. އޭނާގެ ފުރިހަމަ ނަމެއް މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ. އޭނާ މަޝްހޫރުވެފައި ވަނީ ޑރ.ބުމްބުމްގެ ނަމުންނެވެ.
އޮޕަރޭޝަން ނާކާމިޔާބުވެ މަރުވީ ލިލިއަން ކިޔާ އަންހެނެކެވެ. ބޭންކެއްގެ މެނޭޖަރެއް ކަމަށްވާ ލިލިއަން މަރުވީ ޕްލާސްޓިކް ސާޖަރީ ކުރިއަށް ގެންދިއުމުގެ ގޮތުން އޭނާގެ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ހާލު ދެރަވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ލިލިއަން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިއުމާއި އެކު ޕްލާސްޓިކް ސާޖަރީ ހެދި ޑޮކްޓަރު ވަނީ ފިލާފައެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ ޑޮކްޓަރުގެ ލޯބިވެރިޔާ އާއި ޑޮކްޓަރުގެ މަންމަ އާއި އިތުރު އަންހެނަކު ހައްޔަރު ކޮށްފައެވެ. މިތިން މީހުންނަކީ ޕްލާސްޓިކް ސާޖަރީ ކުރުމުގެ މަސައްކަތް ކުރިއިރު ނަރުހުންގެ ގޮތުގައި ހަރަކާތްތެރިވި މީހުންނެވެ. ނަމަވެސް އެއްވެސް މީހަކީ ޕްލާސްޓިކް ސާޖަރީއެއް ކުރުމުގެ ރަސްމީ ތައުލީމެއް ލިބިފައިވާ ބައެއް ނޫނެވެ.
ފުލުހުން ބުނީ ތިން މީހުންގެ މައްޗަށް ވެސް މީހަކު ގަސްދުގައި މަރާލުމުގެ ދައުވާ އުފުލަން ނިންމާފައިވާ ކަމަށެވެ. އަދި ޕްލާސްޓިކް ސާޖަރީ ކުރި ޑޮކްޓަރު ހޯދަން މިހާރު ވަނީ ކޯޓު އަމުރެއް ނެރެފައެވެ.
މަރުވި އަންހެން މީހާގެ ޕްލާސްޓިކް ސާޖަރީ ކުރިއަށް ގެންދިޔައީ ޑޮކްޓަރު ދިރިއުޅޭ އެޕާޓްމަންޓްގައެވެ. އެއީ ވެސް ޤާނޫނާއި ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ލިލިއަން މަރުވި ހިތް ހުއްޓިގެން ކަމަށެވެ. އޭނާގެ ހިތް ހުއްޓުނީ ސިލިކޮން އިންޖެކްޝަނެއް ޖެހުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނެއެވެ.
މިހާރު ބުމްބުމް ޖުމްހޫރީޕާޓީގަ ހުރީ
استغفر الله
ލޮލްް