ބޭނުންވާ ތަކެތި:

  • 2 ލުނބޯ
  • 2 ޖޯޑު ސްޓްރޯބެރީ
  • 1/2 ޖޯޑު ހަކުރު
  • 4 ޖޯޑު އައިސް ފެން
  • އައިސް ކިޔުބް

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ލުނބޯ ހޫނު ފެނުން ދޮވެލާށެވެ. ދެން ލުނބޯގެ ތޮށި ނޮޅާލާފައި ލުނބޯ ހަތަރު ފަޅި ކޮށްލާށެވެ. އެއަށްފަހު ތައްޔާރުވެފައިވާ ލުނބޯ އާއި ސްޓްރޯބެރީ، ހަކުރު އަދި ދެ ޖޯޑު ފެން މިކްސްޗަރަށް އަޅައި 30 ސިކުންތު ވަންދެން ރަނގަޅަށް މިކްސް ކޮށްލާށެވެ.

އެއަށްފަހު ތައްޔާރުވެފައިވާ ލެމަނޭޑް ފުރާނާލާށެވެ. ފުރޭނުމަށްފަހު އޭގެ ތެރެއަށް ބާކީ ހުރި ދެ ޖޯޑު ފެން އެޅުމަށްފަހު ގިރާލާށެވެ. އެއަށްފަހު އައިސް އަޅައިގެން ބޯލާށެވެ.