ބޭނުންވާނެ ތަކެތި:

500 ގްރާމް އަލުވި

ކުޑަ ޕާސްލީކޮޅެއް (ކޮށާފައި)

1/2 ފިޔާ (ކޮށާފައި)

3 ސައިސަމުސާ މަޔޮނައިޒް

2 ސައިސަމްސާ އަސޭމިރުސް (މުގުރާފައި)

1/2 ސައިސަމްސާ ލޮނު

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކޮންމެ އަލުއްވެއް ހަތަރު ބަޔަށް ފަޅިކޮށްލުމަށް ފަހު، ލޮނުކޮޅެއް އަޅައިގެން ފެނުކައްކާށެވެ،

ދެން ފެނުކައްކާފައި ހުރި އަލުވީގެ ތެރެއަށް މަޔޮނައިޒް، ޕާސްލީ، ފިޔާ، އަސޭމިރުސް އަދި ލޮނު އަޅާށެވެ. އަލުވިކޮޅު ފުނޑުނުވާ ވަރަށް މަޑުމަޑުން އެއްކޮށްލާށެވެ.