އަލްޖީރިއާގެ ފިރިހެނަކު މޫނު ބުރުގާ އަޅައިގެން މިސްކިތެއްގައި ހުރި އަންހެނުންނަށް ހާއްސަ ނަމާދުކުރާ ކޮޓަރިއަކަށް ވަދެ، ތަރާވީސް ނަމާދު ކުރަން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.

އެ ފިރިހެން މީހާ އަކީ ނަމާދު ކުރާއިރު އަންހެނުން މޭކަޕް ނުކުރާނެ ކަމަށް ގަބޫލުކޮށް، ކައިވެނި ކުރަން އަންހެނަކު ހޯދަން އުޅުނު މީހެއް ކަމަށް އެ ސަރަހައްދުގެ މީޑިއާތަކުން ބުނެ އެވެ.

އޭނާއަކީ ފިރިހެނެއްކަން އެ މިސްކިތުގައި ތިބި އަންހެނުންނަށް ޝައްކުވީ އޭނާގެ ސައިޒާއި އުނަގަނޑުގެ ފުޅާމިނުގެ ސަބަބުންނެވެ.

މިކަމުގެ ސަބަބުން އަންހެނުން ހަޅޭއްލަވައި، އަނާބާގައި ހުންނަ އަލީ ބިން އަބީ ތާލިބް މިސްކިތުގެ ތެރޭގައި ހަމަނުޖެހުމެއް ހިނގިއެވެ.

އަދި އެ މީހުން އޭނާ ހިފަހައްޓާ ވަނީ ފުލުހުންނާއި ހަވަލުކޮށްފައެވެ.

"އަހަރެންގެ ނިޔަތް ގޯހެއް ނޫން. އަހަރެން ބޭނުންވީ ކައިވެނި ކުރަން، އަހަރެން މިކަން ކުރީ ކައިވެނި ކުރާނެ އަންހެނަކު ހޯދުމުގެ ނިޔަތުގައި". ފުލުހުންނަށް މައުލޫމާތު ދެމުން އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. اکف

    އައްޗީޑި ފަކުރު މީހެއް

    15
    3
  2. ހަސަން

    ތި ވާނީ ހިމަންދޫ މީހެކައް.

    1
    2
  3. Anonymous

    މި މީހުން މިހާރު ހާދަ މޮޅުވެއްޖެޔޭދޯ؟
    ކައިވެންޏަށް މަގެއް ކޮށައިފި މާ މޮޅު ގޮތަކަށް