އަލްޖީރިއާގެ ފިރިހެނަކު އެއް ފަހަރާ ދެ އަންހެނުންނާއި ކައިވެނި ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ރާޝިދު ނަމަކަށް ކިޔާ އެފިރިހެން ކައިވެނި ކުރި މަރިއަމް އާއި ހަނާން އާއި ލޯބީގެ ގޮތުން ގުޅިފައިވަނީ ވެސް އެއް ފަހަރާއެވެ. ލޯބީގެ ގޮތުން ގުޅުނުއިރު، އޭނާ ވަނީ މަރިއަމް އާއި ހަނާން އާއި ދެމީހުންނާއި އެއްފަހަރާ ކައިވެނި ކުރުމަށް ވެސް އަޒުމު ކަނޑައަޅާފައެވެ.

އަލްޖީރިއާގެ ސިޓީއެއް ކަމަށްވާ ސްކިކްޑާގައި ބޭއްވި ކައިވެނި ހަފްލާގެ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެފޮޓޯތަކުގެ ތެރޭގައި އޭނާ ދެ ލޯބިވެރިންގެ ދެމެދުގައި މަޑުކޮށްގެން ހުންނަ ތަނާއި ކައިވެނި ކުރާ މީހުންގެ ނަން ފެންނާނެހެން ހަދާފައިވާ ބޯޑުގެ ފޮޓޯ ވެސް ވަނީ އާންމުވެފައެވެ. އެ ބޯޑުގައި އޭނާގެ ނަމާއި މަރިއަމް އާއި ހަނާންގެ ނަން ވެސް ލިޔެފައިވެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކައިވެންޏަށްފަހު، ހަނާން އާއި މަރިއަމް ވަނީ އެދެމީހުން އޭނާ ދެކެވާ ލޯބި ހިއްސާ ކޮށްފައެވެ.

ރާޝިދުގެ ކައިވެންޏާއި ގުޅިގެން ގާތް ރަހުމަތްތެރިންނާއި އާއިލާގެ މީހުން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް އާންމުވި ފޮޓޯތަކުން އެކަމާއި ދެކޮޅަށް ވެސް ގިނަ ބަޔަކު ވަނީ ވާހަކަ ދައްކާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ދެ އަންހެނުންނާއި އެއްކޮށް ކައިވެނި ކުރަން އެމީހުންނާއި އެގޮތަށް ކައިވެނި ކުރަން ވާހަކަ ދައްކައި އެކަން ހަމަޖެއްސީ ކިހިނެއްތޯ ވެސް ސުވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އަހަރެމެންގެ ކުޅޭ ބޭބެ ސިމާއު ވެސް އެއްފަހަރާ ދެ ކަނބަލުންނާ ކައިވެނިކޮށްލީ ތިޔައީ އާކަމެއްނޫން

  2. ޝަރަފިއްޔާ

    އިންސާފުން ބަލަހައްޓާތި )

  3. މޮޔަ

    ހަތަރެއް ހުއްދައޭ.ކަލޭމެން މިކަހަލަ ހަބަރު ލިޔަނީ ކީއްކުރަން