އިންޑިއާގެ ބިހާރް އަވަށުގައި ކުޑަކުދިންތައް ބަލަހައްޓާ ގެއެއްގައި ދިރިއުޅޭ ކުދިންތަކެއް ރޭޕްކޮށް އޭގެ ތެރެއިން އެއް ކުއްޖަކު މަރާލުމަށްފަހު އެގޭގައި ވަޅުލި މައްސަލައެއް ފެންމަތިވެ އެކަން ފުލުހުން ބަލަން ފަށައިފިއެވެ.
އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، އެ ގޭގައި ދިރިއުޅޭ 40 ވަރަކަށް ކުދިން ވަނީ ރޭޕްކޮށްފައެވެ. އޭގެ ތެރެއިން އެ ކުއްޖަކު މަރާލަން ޖެހުނީ އެތަނުގައި މަސައްކަތް ކުރާ ސްޓާފުންތަކަކާއި ހިނގި ދެބަސްވުންތަކެއްގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ރޭޕްކޮށް މަރާލުމަށްފަހު އެގޭގައި ވަޅުލި މައްސަލަ ރިޕޯޓް ކުރުމުން އެގެ ވަށައިގެން ކޮނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ، އެ މައްސަލާގައި މިހާރު އެތަނުގައި މަސައްކަތްކުރާ 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެތަނުން ބޭރަށް އެއްވެސް މީހަކު ގެންދިޔަކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
އަދި އިތުރަށް ފުލުހުން ބުނެފައިވާގޮތުގައި، ކުދިން ބަލަހައްޓަމުންދާ އެ ގެ ކޮނުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެ ކުއްޖާގެ ހަށިގަނޑު އަދި ފެނިފައެއް ނުވެއެވެ.
ޖަމިއްޔާއަކުން ހިންގަމުން އަންނަ އެ ކުދިން ބަލަހައްޓާ ގޭގެ ވެރިމީހާއަކީ އިންޑިއާ ސަރުކާރުގެ އިސްވެރިޔަކާއި ގުޅުން އޮންނަ މީހެއްކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކު އެ ސަރަހައްދަ އެއްވެ މުޒާހަރާ ކުރަމުންދާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގައި ރޭޕް ކޭސްތައް އިތުރުވަމުން އަންނައިރު، މިހާތަނަށް އެކަނިވެސް ކުޑަކުދިންނަށް އެކި ގޮތްގޮތަށް އަނިޔާކޮށްގެން 12786 މައްސަލައެއް ހުށަހެޅިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ދެން މިކަހަލަ ވާހަކަތައް ގިނަގިނައިން ޖަހައި މުޖުތަމަޢުގެ އިޙްސާސްތައް އައްސި (ނަމްބް) ކޮށްލައިފި. ކިއެއްތަވާނީ ތަންކޮޅެއް ބިނާކުރަނިވި ވާހަކަތައް ޖަހައި މި މުޖުތަމަޢުގައި ގެއްލިފައިވާ ރަނގަޅު ޚުލްޤާއި އޯގާތެރިކަން ދިރުވަން އިންސްޕަޔަރިންގް ވާހަކަތައް ޖެހިއްޔާ. ތާކު އޮތް އެންމެ މުޑުދާރު ޚަބަރު ހޯދައި އޭތި ތަރުޖަމާކުރީމާ އެމީހުންނެއްނޫން ފަލީހަތްވާނީ. އޭރުން އަހަރެމެންގެ ޓޮލަރަންސް އިތުރުމިވަނީ މިކަހަލަ 'ސެޑިސްޓިކް' ކަންކަމަށް..... ބޭބެ މިވާހަކަދެން މިބުނަނީ ހެޔޮނިޔަތެއްގައި. ﷲ ތަޢާލާ އަހަރެމެން އެންމެންނަށް ހެޔޮބަސް އަހައި ހޮޔޮބަސް ޤަބޫލުކުރުމުގެ ބަރަކާތް މިންވަރުކުރަށްވާނދޭވެ. އާމީން.
އާމީން