ހަމައެކަނި އަންހެން ފަޅުވެރިންނާއެކު ފުރަތަމަ ފަހަރަށް ސައުދީގެ އެއާލައިނަކުން ދަތުރެއް ކޮށްފި އެވެ.
އެގޮތުން ބޯޓުގެ ޕައިލެޓުންނާއި ކޯ ޕައިލެޓުން ފެށިގެން ކެބިން ކްރޫއަށް ދަންދެން އެ ދަތުރުގައި ހަރަކާތްތެރިވީ އަންހެނުން ނެވެ.
އެ ދަތުރުކޮށްފައި ވަނީ ސައުދީގެ ބަޖެޓު އެއާލައިނެއް ކަމަށްވާ ފްލައިއަ ޑީލް އެއާލައިން އިން އެވެ.
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުން ޖިއްދާއަށް ކުރި މި ދަތުރުގައި ބައިވެރިވި ހަތް ފަޅުވެރިންގެ ތެރޭގައި ގިނައީ ސައުދީގެ އަންހެނުން ނެވެ.
ފަޅުވެރިންގެ ތެރޭގައި ކޯ ޕައިލެޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޔާރާ ޖާން ވެސް ހިމެނެ އެވެ. އުމުރުން 23 އަހަރުގެ ޔާރާއަކީ ސައުދީގެ އެންމެ ހަގު އަންހެން ޕައިލެޓުވެސް މެއެެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ފްލޮރިޑާއިން ޕައިލެޓް ލައިސެންސް ނެގި ޔާރާ ފްލައިއަ ޑީލް އެއާލައިންއާ ގުޅުނީ މީގެ އަހަރެއްހާ ދުވަސް ކުރިން ނެވެ.
"ސައުދީގައި އަންހެން ޕައިލެޓުންނަކީ އާ ބަޔަކަށް ވިޔަސް އަޅުގަނޑުމެންގެ ޖެނެރޭޝަނުން މިކަން ކުރާނެ. އަދި މިކަަމަށް ސައުދީގެ ވެރިންގެ ވަރަށް ބޮޑަށް އެއްބާރުލުން ދޭ. އަޅުގަނޑަށް ވެސް އެ ބޭފުޅުންގެ އެއްބާރުލުން ލިބުނު" ޔާރާ ވިދާޅުވި އެވެ.
މިފަހަކަށް އައިސް ސައުދީގައި އަންހެން ޕައިލެޓުން ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ. އަދި ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ދަނީ އެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ވަރަށް ބޮޑަށް މަސައްކަތް ވެސް ކުރަމުން ނެވެ.
ސައުދީ އަރަބިއްޔާގެ ވަލީއަހްދު ކަމާއި މުހައްމަދު ބިން ސަލްމާން ހަވާލުވި ފަހުން އަންހެނުންގެ ބައިވެރިވުން ކަންކަމުގައި އިތުރު ކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ.
އަންހެން ވީ އެކަންޏެއް ނޫނެއްނު. އޮރިޔާންވެސް ވެފައެއްނު ތިއޮތީ.