އިންޑިއާގެ އަވަށެއްގައި އެއްފައި ހުރި އަންހެން ކުއްޖަކު ކޮންމެ ދުވަހަކު ސްކޫލަށް އެއް ކިލޯމީޓަރު ހުރަސްކޮށް ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
އުމުރުން 10 އަހަރުގެ ސީމާ ކުމާރީ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާގެ އެއް ފައި ބުރި ކޮށްލާފައިވަނީ މީގެ ދެ އަހަރު ކުރިން އުފަން އަވަށް ކަމަށްވާ ފަތޭޕޫރުގައި ޓްރަކްޓަރެއްގެ ދަށު ވެގެން ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. އޭރު ޑޮކްޓަރުން ބުނެފައިވަނީ ފައިބުރި ނުކޮށްލައިފިނަމަ، އޭނާ މަރުވެދާނެ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފައިބުރި ކޮށްލި ނަމަވެސް ސީމާ ވަނީ އޭނާގެ ކިޔެވުމަށް ހުރަސް ނޭޅޭނެ ގޮތަށް އަމަލު ކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ދަބަސް އަޅުވައިގެން އެއް ކިލޯމީޓަރަށް އޭނާ ދަތުރު ކުރެއެވެ.
"އަޅުގަނޑު ބޭނުމީ ކިޔަވައިގެން ޓީޗަރަކަށްވާން. އޭރުން ދެން އަންނަ ކުދިންނަށް ކިޔަވައި ދެވޭނެ" ގްރޭޑް 4 ގައި ކިޔަވަމުން އަންނަ ސީމާ ބުންޏެވެ.
Bihar: जमुई में एक पैर से 1KM का सफर तय कर स्कूल जाती है बिहार की ये बेटी
एक हादसे में मासूम का काटना पड़ा था पैर, हौसला देख करेंगे सलाम pic.twitter.com/pc6vUV2iLb
— News24 (@news24tvchannel) May 25, 2022
ސީމާ ބުނީ، އޭނާގެ މަންމައާއި ބައްޕައަކީ ލިޔަން ކިޔަން ދަންނަ ބައެއް ނޫން ކަމަށާއި އެމީހުން މަސައްކަތް ކުރަމުން އަންނަނީ ނޯކަރުންގެ ގޮތުގައި ކަމަށެވެ.
ސީމާގެ މަންމަ ބެބި ދެވީ ބުނެފައިވަނީ ފައި ބުރިކޮށްގެން އުޅުނު ދުވަސް ކޮޅު އެހެން ކުދިން ސްކޫލަށްދާތަން ފެނިގެން ސީމާ ވަރަށް ގިނައިން ސްކޫލަށްދާ ވާހަކަ ދައްކާ ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ ސްކޫލަކަށް ސީމާ ވެއްދި ކަމަށާއި އެއްވެސް މީހެއްގެ އެހީތެރިކަމަކާއި ނުލައި ކޮންމެ ދުވަހަކު ގަވައިދުން ސްކޫލަށް ގޮސް ހަދާ ކަމަށް ބެބި ވަނީ ބުނެފައެވެ.
ސީމާ ސްކޫލަށްދާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވާން ފެށުމާއި ގުޅިގެން ޖަމުއީ ޑިސްޓްރިކްޓް މެޖިސްޓްރޭޓް އަވާނިޝް ކުމާރާއި އެހެން ބައެއް އިސް އޮފިޝަލުން ވަނީ ސީމާއަށް ޓްރައިސިކަލެއް ހަދިޔާ ކޮށްފައެވެ. އަދި ސީމާއަށް ފަޔެއް ޖެހޭނެ އިންތިޒާމު ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.