ތައިލޭންޑުގެ ހޮހޮޅައިން ކުދިން ސަލާމަތްކޮށްދިން ޓީމުން ކެމްބޯޑިއާގެ ލައުސްގައި ކުރަމުންދިޔަ ވިއްސާރާގައި ހާލުގައި ޖެހިފައި އޮތް ކުޑަ ކުއްޖަކު ސަލާމަތްކޮށްފިއެވެ.

މީސް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯއަކުން ފެންނަނީ އެ ޓީމުން އެ ކުއްޖާއަށް ކާންދޭ މަންޒަރެވެ. އެ ކުއްޖާ ފެންނަ ފެނުމަށް އޮތީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. ބެލެވޭގޮތުގައި، ނުކައި އޮންނަތާ ގިނަ ދުވަސްވެ އެ ކުއްޖާގެ ހާލުވެސް ވަނީ ދެރަވެފައެވެ.

ޗަކައިގެ ތެރޭގައި އޮއްވާ އެ ކުއްޖާ ފެނުނުއިރު، އެ ކުއްޖާ ސަލާމަތް ކުރި މީހުންގެ އަތުގައި އޮއްވާ އެ ކުއްޖާ ރޯ މަންޒަރު ފެނެއެވެ. އަދި އެ ކުއްޖާ މަސަލަސް ކުރުމުގައި އެ ޓީމުން އުޅޭތަންވެސް ފެެނެއެވެ.

"އެ ކުއްޖާގެ އުމުރަކީ އެންމެ ހަތަރު މަސް. އެ ކުއްޖާ ފެނުނުއިރު ވަރަށް ބޮޑަށް ހާލު ދެރަވެފައި އޮތަސް އެ ކުއްޖާއަށް ބައްޔެއް ޖެހިފައި ނުވޭ. ފެނުނު އިރު އެ ކުއްޖާ އޮޓޮ ވަރަށް ބޮޑަށް ފިބިވެފައި ރޯން".އެ ކުއްޖާ ސަލާމަތްކޮށްދިން ޓީމުގައި ހިމެނޭ އެކަކު ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު އެ ކުއްޖާ ސަލާމަތްކުރިިއިރު، އިތުރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ޓީމުން ދަނީ ބުނަމުންނެވެ.

އެ ކުއްޖާ ސަލާމަތް ކުރާ މަންޒަރު ފެންނަ ވީޑީޔޯ މީސް މީޑިޔާގައި ހިއްސާކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ހަތަރު ގަޑިއެއްހާ އިރު ތެރޭގައި ހަަތަރު މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ވީޑިޔޯ ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯހަލާކު

    "ފެނުނު އިރު އެ ކުއްޖާ އޮޓޮ ވަރަށް ބޮޑަށް ފިބިވެފައި ރޯން" އާޓިލަލް ލިޔުނު ނަމަ އަމިއްލަ ރަށުބަހުން