ގިނަ ބަޔަކު ހަޑިއޭ ބުނެ މަލާމާތް ކުރާތީ ވަރަށް ދެރަވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނަންޔާ ޕާންޑޭ ބުނެފިއެވެ.

ކޮފީ ވިތު ކަރަން ޝޯގައި އަނަންޔާ ބުނީ އޭނާގެ އުމުރުން އެންމެ 19 އަހަރުގައި މީހުންގެ ފާޑު ކިއުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެގޮތުން އޭނާގެ މޭމަތި ކުޑަ ވާހަކަ އާއި ތުންފަތް ކުޑަ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު މަލާމަތް ކުރާކަމަށް އަނަންޔާ ބުނިއެވެ.

އަނަންޔާ ބުނީ މީހުންގެ މަލާމާތްތައް އަޑު އިވުމުން ވަރަށް ހިތުގައި ޖެހޭ ކަމަށެވެ. އަދި އަމިއްލަ ނަފްސައް އޮންނަ އިތުބާރު ވެސް ކުޑަވާ ކަމަށް ބުނެފައިވެއެވެ.

"ބައެއް ފަހަރު މީހުން އެއްޗެހި ކިއާތަން ފެނުމުން ހިތަށް އަރާ އަހަރެންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްބާއޭ. އަހަރެން އެހާ ހަޑިބާއޭ ވެސް ހިތަށް އަރާ." އަނަންޔާ ބުނެފައި ވެއެވެ.

އަނަންޔާ ބުނީ އޭނާ އެންމެ ކުޑައިރުއްސުރެ ބޭނުންވީ އެކްޓްކުރަން ކަމަށެވެ. މިއަދު އެ ހުވަފެން ކާމިޔާބު ކޮށްފައިވާއިރު ގިނަ ބަޔަކު އޭނާއަށް މަލާމާތް ކުރާތީ ދެރަވާ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާއިޒު

    އެކަމާ އެހާ ދެރަނުވޭ. ޙަމަގައިމުވެސް އަހަންނަކަށް ހަޑިއެއްނޫން.

    • މަ

      އަސްތަޤްފިރުﷲ

  2. Anonymous

    އަހަންނައް ވަރަށް ރީތި ، އިންނަން ލިބިދާނެތަ...؟؟؟

    • ޕޫޕްސީ

      ދެން ރޯންވީނު ދެރަވަންޏާ. ތިހާ ދެރަވަންޏާ އަހަރެމެންވެސް ރޮއެލަނީ. އޯކޭ ވާނެ.

  3. ލައޮސީ

    ކުޑަވީމަ އެބުނަނީ ކުޑަވާހަކަ. ބޮޑުވީމަ ބުނާނީ ބޮޑޭ. ދެން އެކަމާ ދެރަނުވޭ.