ކައިވެނި ކުރާ ވަރަށް ވުރެ އުމުރުން އަދި މާ ކުޑަ ކަމަށް ބޮލީވުޑްގެ އަރަމުންދާ ތަރި އަނަންޔާ ޕާންޑޭ ބުނެފިއެވެ.

ކޮމެޑީ ރޯލްތަކުން މަޝްހޫރުކަން ހޯދާފައިވާ ބަތަލު ޗަންކީ ޕާންޑޭގެ ދަރިފުޅު ކަމުގައިވާ އުމުރުން 24 އަހަރުގެ އަނަންޔާ ބުނީ މިވަގުތު އޭނާގެ އޮތް ހަމައެކަނި ވިސްނުމަކީ ފިލްމީ ކެރިއަރުގައި ކުރި ހޯދުން ކަމަށެވެ. އަނަންޔާއަށް ދަނީ ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެމުންނެވެ.

އަނަންޔާ އަވަސް މުސްތަގްބަލެއްގައި ކައިވެނި ނުކުރާނެ ކަމަށް ބުނަމުންދާއިރު، އޭނާ އާއި އަދިތުޔާ ރޯއީ ކަޕޫރްއާއި ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

އަނަންޔާ އާއި އަދިތުޔާ އެ ވާހަކަތައް ދޮގުކުރި ނަމަވެސް، އަދިތުޔާ އާއި ރަހުމަތްތެރި ރަންބީރް ކަޕޫރް ބުނީ "އޭ" އިން ފެށޭ އަންހެނެއް ދެކެ އަދިތުޔާ ލޯބިވާކަން އަދިތުޔާގެ ފަރާތުން އެނގިފައިވާ ކަމަށެވެ. އަދިތުޔާ އާއި އަނަންޔާ ވަރަށް ގިނައިން އެއް ތަނަކުން ފެނިގެންދާތީ މި އަންހެނަކީ އަނަންޔާ ކަމަށް މީހުން ޝައްކުކުރެއެވެ.

އަނަންޔާ ވަނީ "ގެހެރާއިޔާ" އާއި"ޕަތީ ޕަތްނީ އޯރް ވޯ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ. ދެން އެންމެ އަވަހަކަށް އަނަންޔާ ފެނިގެންދާނީ އަޔުޝްމަން ކުރާނާއާއި އެއްކޮށް ހަރަކާތްތެރިވެފައިވާ ފިލްމު "ޑްރީމް ގާލް 2" އިންނެވެ.

އަނަންޔާ ބޮލީވުޑަށް ތައާރަފްވީ ޕުނީތް މަލޯތުރާގެ "ސްޓޫޑަންޓް އޮފް ދަ ޔެއަރ 2" ފިލްމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮމެންޓޫ

    100 އެއްހާ މީހުންގެ ވަރު ބަލާފަ ގޮތް ހުސްވެގެން ކޮންމެސް މީހަކާ އިންނަންވާނީ

    9
    1
  2. ޖުލައި

    ކޯންޗެއްތަ ކުޑައީ.

    2
    1
  3. ޝަރުމަން

    އެއްވެސް ތާކު ލައްވާނުލާނެ އެއްޗެ.... އެންމެ ފަހުން ބަފާ ގޮތަ ސައިޑް ރޯލުން ފެނިގެން ގޮސް ބޮޑު ޖޯކަރަކަށް ވާނީ.... އެންޑް އޮފް އެކްޓިން