މަޝްހޫރު ލަވަ ކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އޭނާގެ ހާޔަތާ ގުޅޭ ގޮތުން ނެރޭ ފޮތް ކަރުދާސް ނެތިގެން ޗާޕުކުރުން ލަސްވެއްޖެއެވެ.

މަޝްހޫރު ނޫސް ޓީއެމްޒެޑްއިން ބުނީ އެމެރިކާގައި ކަރުދާސް އުފައްދާ ފެކްޓްރީތަކުގެ މަސައްކަތް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.

އެހެންވެފައި ވަނީ ކަރުދާސް އުފައްދާ ފެކްޓްރީތަކަށް ތަކެތި ލިބުމުގައި ދަތިވުމާއި މުވައްޒަފުން ވަޒީފާއިން ވަކިވުމާއި އަދި ތަކެތީގެ އަގުތައް ވެސް އިންތިހާއަށް އުފުލިފައިވާތީ ކަމަށްވެއެވެ.

ބްރިޓްނީގެ ހަޔާތާ ގުޅޭ ފޮތް ޕަބްލިޝް ކުރަނީ މަޝްހޫރު ޕަބްލިޝާ ސިމޯން އެންޑް ޝަސްޓާ އިންނެވެ. އެ ފޮތް ޕަބްލިޝް ކުރަން ސިމޯންއިން ވަނީ ބްރިޓްނީއަށް 15 މިލިއަން ޑޮލަރު ދީފައެވެ.

ބްރިޓްނީ ބުނީ މީގެ ކުރިން އޭނާގެ ހަޔާތާ ގުޅޭ ގޮތުން ހަމާކުރަން ޖެހިލުންވި ކިތަންމެ ކަމެއް އެ ފޮތުގައި ހިމެނޭނެ ކަމަށެވެ.

ބެލެވޭ ގޮތުގައި އެ ފޮތުގައި އޭނާގެ ބައްޕައާ ދެމެދު މިފަހަކާ ޖެހެން ދެން އޮތް ގުޅުމާ ބެހޭ މުހިންމު މައުލޫމާތުތަކެއް ހިމެނޭނެއެވެ.

ނަފްސާނީ މައްސަލަތަކަކާ ގުޅިގެން ކޯޓުގެ އަމުރާ އެއްގޮތަށް ބްރިޓްނީ ފާއިތުވި 12 އަހަރު އުޅުނީ ސީދާ އޭނާގެ ބައްޕަ ބެލުމުގެ ދަށުގައެވެ. އެ ދުވަސްތަކުގައި ބްރިޓްނީގެ ހުރިހާ ހަރަދުތަކާއި ދިރުއުޅުމުގެ އަމިއްލަ ކަންކަންވެސް ހިނގަމުން ދިޔައީ ސީދާ ބައްޕަގެ ބެލުމުގެ ދަށުންނެވެ.

ނަމަވެސް މިދިޔަ އަހަރު ނޮވެމްބަރު މަހު ކޯޓުން ވަނީ ބްރިޓްނީ އޭނާގެ ބައްޕަގެ ސިދާ ބެލުމުގެ ދަށުން ހުރި ހުރުން ނިމުމަކަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާައެމް 7

    މިކޮޅުން ޕްރޮވަަައިޑް ކުރެވިދާނެ

    • ބްރިޓްނީ

      ޕްލީޒް ސެންޑް ކޯޓޭޝަން

  2. އަންނި

    ކޯޓޭޝަން އޮންދަވޭ.

  3. Anonymous

    މިހާރު ކަރުދާހަކަށް ބޭނުމެއް ނުވާނެ.
    މިއީ ކޮމްޕިއުޓަރުގެ ޒަމާން. އެހާ ޚަރަދަށް ބަލާ ބައެއް ނޫން އެމެރިކާނުންނަކީ.

  4. އާދަނޭ

    މަވެސް ހެދި ޅެމެއް ގަލަމު ތުނޑު ހަލާކުވެގެން ދޫކޮށް ނުލެވިގެން މިއުޅެނީ. އުންމީދުކުރަން އިންތިޒާރުކުރާނެ ކަމަށް.