ބޮލުން ގުޅިފައިވާ ބްރެޒިލްގެ އެއްމާބަނޑު ދެ ކުއްޖަކު އިނގިރޭސިވިލާތުގެ ނިއުރޯސާޖަނެއްގެ އެހީތެރިކަމާއެކު ކާމިޔާބުކަމާއެކު ވަކިކޮށްފިއެވެ.

ބާނާޑޯ އާއި އާރތް ލީމާ އުފަންވީ އެއްވެފައިވާ ސިކުނޑިއަކާއިއެކުގައެވެ.

މި ކުދިންގެ ހަތް އޮޕަރޭޝަން ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ކުރިއަށް ގެންގޮސްފައި ވެއެވެ. މި ކުދިންގެ އޮޕަރޭޝަންކޮށްފައި ވަނީ ގްރޭޓް އޮރމަންޑް ސްޓްރީޓް ހޮސްޕިޓަލުގެ ކުޑަކުދިންގެ ސާޖަން ޑރ ނޫރުލް އޮވާސޭ ޖީލާނީގެ ބެއްލެވުމުގެ ދަށުންނެވެ.

އުމުރުން ތިން އަހަރުގެ މި ކުދިންގެ އޮޕަރޭޝަން ކުރުމުގައި 27 ގަޑިއިރު ހޭދަވިއިރު، މި އޮޕަރޭޝަންގައި 100 އެއްހާ ސިއްހީ ހިދުމަތްތެރިން މަސައްކަތްކޮށްފައި ވެއެވެ.

މި އޮޕަރޭޝަނަށް ފަންޑް ކުރި ޑރ. ޖީލާނީގެ ޗެރިޓީ، ޖެމިނީ އަންޓްވައިންޑް އިން ބުނީ، މިއީ މިހާތަނަށް ނިމިފައިވާ އެންމެ އުނދަގޫ "ސެޕަރޭޝަން ޕްރޮސެސް"ތަކުގެ ތެރެއިން އެއް ޕްރޮސެސް ކަމަށެވެ.

މި އޮޕަރޭޝަންގެ ކުރިން ލަންޑަނާއި ރިއޯގެ ސާޖަންތަކުން ވަނީ ސީޓީ އަދި އެމްއާރުއައި ސްކޭންތަކަށް ބިނާކޮށް އެ އެއމްމާބަނޑު ދެބެއިން ވީއާރު ޕްރޮޖެކްޝަންތައް ބޭނުންކޮށްގެން އުކުޅުތައް ޓްރައިކޮށްފައެެވެ. ޑރޖީލާނީ ސިފަކުރެއްވި ގޮތުގައި އއީ "ސްޕޭސް-އޭޖް ސްޓަފް" އެކެވެ.

މިއީ ކުރިން ޕާކިސްތާން، ސޫދާން، އިސްރާއީލު، އަދި ތުރުކީގެ ޓްވިން ކުދިންގެ އޮޕަރޭޝަން ކުރުމަށްފަހު، ޖެމިނީ އަންޓްވައިންޑް އާއި އެކު ޑރ ޖީލާނީ ކުރި ހަ ވަނަ އޮޕަރޭޝަން އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު މުހައްމދު

    ﷲ އަކްބަރު. މުސްލިމުން މިއަދު ހޯދަމުން ދާ ކުރި އެރުންތައް. މިކަންފެނި ހަސަދަ ވެރިވެގެން އަފްގާނިސްތާނަށް އެ ވެރިވެގަންނަން ބޭނުން ވަނީ

    14
    1