އެމެރިކާގެ ފާސްޓް ފުޑް ރެސްޓޯރެންޓް ކުންފުނި މެކްޑޮނަލްޑްސްގެ މުވައްޒަފެއް މާ ފިނި "ފްރައިސް" ނުވަތަ ތެލުލި އަލުވި ދިނުމުން އޭނާގެ ގަޔަށް ބަޑިޖަހައި މަރާލި ކަމުގެ ތުހުމަތުގައި ނިއުޔޯކްގައި އުމުރުން 20 އަހަރުގެ ޒުވާނެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އުފުލައިފިއެވެ.

ފުލުހުންނާއި ހަވާލަދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހާދިސާގައި ވެއިޓަރު ފްރައިސް ދިނީ ވެއިޓަރުގެ ގާތިލުގެ މަންމައަށެވެ.

އެމެރިކާގެ ބްރޫކްލިންގެ ބެޑް-ސްޓުއާގައި ހުންނަ 771 ހަރކިމަރ ސެއިންޓްގައި ހޯމަ ދުވަހު ދިން ބަޑީގެ ހަމަލާތަކެއްގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ކެވިން ހޮލޯމަން ނަމަކަށް ކިޔާ މެކްޑޮނަލްޑްސްގެ ވެއިޓަރެއް ކަމަށް ނިއުޔޯކް ޕޯސްޓުން ވަނީ ރިޕޯޓް ކޮށްފަ އެވެ.

މި މައްސަލަ އާއި ގުޅިގެން ބަޑި ޖެހި މައިކަލް މޯގަންގެ މައްޗަށް ވަނީ މީހަކު މެރުމާއި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. މިނާ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު އެމެރިކާގައި ދިން ބަޑީގެ ހަމަލާގައި މީހަކު މަރާލަން އުޅުމާއި ހަތިޔާރެއް ގެންގުޅުމުގެ ކުށުގެ ދައުވާ ކުރިންވެސް އުފުލާފައިވާ މީހެކެވެ.

ފުލުހުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މޯގަން މެކްޑޮނަލްޑްސް އަށް ދިޔައީ އޭނާގެ މަންމަ އާއި އެކުގައިއެވެ. އެމީހުން ކާއެއްޗިއްސަށް އޯޑަރު ކޮށް ކާއެއްޗެހި ގެނައިރު މޯގަންގެ މަންމަ އަށް ގެނައި ފްރައިސްތައް މާ ފިނިކަމުގެ ޝަކުވާ އެމީހުން ވެއިޓަރާއި ކުރިއެވެ. ވެއިޓަރު ހީގެންފައި އެ ޝަކުވާ ރެސްޓޯރެންޓުގެ މެނޭޖަރާ ކުރުމަށް ބުންޏެވެ. އަދި ވެއިޓަރާއި މޯގަންގެ މަންމަ ޒުވާބު ކުރިކަމަށް ވެއެވެ.

މޯގަން އޭނާގެ މަންމަގެ ދިފާއުގައި ރެސްޓޯރެންޓުގެ ވެއިޓަރުގެ ގަޔަށް ތިން ފަހަރު މަތިން ބަޑިޖެހިކަމަށްވެއެވެ.

އަންގާރަ ދުވަހުގެ ރޭ ހިނގި މި ހާދިސާއަށް ފަހު، މޯގަން ހައްޔަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު