ކްލޯއީ ކާޑޭޝިއަން އާއި ޓްރިސްޓަން ތޮމްޕްސަން އަށް އަނެއްކާވެސް ކުއްޖަކު ލިބިއްޖެއެވެ.

މި ދެމީހުންގެ ދެވަނަ ދަރިފުޅަކީ "ސަރޮގޭޓް" މެދުވެރިކޮށް ލިބުނު ކުއްޖެއެވެ. ކާޑޭޝިއަންގެ ގާތް ފަރާތަކުން ފާހަގަކުރި ގޮތުގައި އެމީހުންގެ ދަރިފުޅަށް ކިޔާނެ ނަމެއް އަދި ނުނިންމައެވެ.

ކާޑޭޝިއަން އާއި ތޮމްސަން ދެވަނަ ކުއްޖަކަށް އިންތިޒާރު ކުރަމުން އަންނަ ކަން މިދިޔަ މަހު ވަނީ އާންމުކޮށްފައެވެ. މިދެތަރިންގެ ފުރަތަމަ އަންހެން ދަރިފުޅު، ޓްރޫ ތޮމްސަން އަށް މިހާރު ހަތަރު އަހަރު ވަނީ ވެފައެވެ.

"ޓްރޫއަށް ޔަގީން ކުރެވޭނެ ނޮވެމްބަރު މަހު އޭނާ އާ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ހުންނާނެކަން،" ބޭރުގެ ނޫހެއް ކަމަށްވާ ޕީޕަލް އަށްކާޑޭޝިއަން ބުންޏެވެ.

ކާޑޭޝިއަން އާއި ތޮމްސަން ޑޭޓް ކުރަން ފެށީ 2016 ވަނަ އަހަރުއެވެ. އަދި އެ ދެމީހުންނަށް ފުރަތަމަ ދަރިފުޅު ލިބިފައި ވަނީ 2018 ވަނަ އަހަރުގައެވެ. މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ތޮމްސަން ކާޑޭޝިއަން އަށް ބޭވަފާތެރިވި ކަމަށް ވެސް އަޑުތައް ފެތުރުނެވެ.

ތޮމްސަން ވަނީ މީގެ ކުރީގައިވެސް ކައިވެންޏެއް ކޮށް ކުއްޖަކު ހޯދާފައިވެއެވެ.

ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަންގެ ތަރި ކާޑޭޝިއަން މި އަހަރުގެ ކުރީކޮޅު ވަނީ އޭނާ އަށް ދަރިން ހޯދުމުގައި ސިއްހީ މައްސަލަތަކެއް ހުރިކަން ފޭނުންނާ ހިއްސާ ކޮށްފައެވެ. އެގޮތުން އޭނާ ބުނީ އޭނާ ދަރިއަކަށް ބަލިވެއްޖެ ނަމަ އޭނާގެ ސިއްހަތަށް ނުރައްކާވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ.