އެއްޗެއްގެ ކުޑަމިނާއި ބޮޑުމިން، ބައްޓަމަށް ބަލައިގެން އެ އެއްޗެއްގެ ރީތިކަން ވެސް ސައިންސުގެ އަލީގައި ދެނެގަނެވިދާނެއެވެ.

ތަރައްގީވެފައިވާ މި ޒަމާނުގައި ކިތަންމެ ބޮޑު ތަނެއްވެސް ފަސޭހަ ކަމާއެކު ބަލާލެވޭނެ ގާބިލުކަން އިންސާނުން ވަނީ ހޯދައިފައެވެ. މިންތަކަށް ބަލައި އެއްޗެއްގެ ރީތިކަން ވަޒަންކުރުމަށް ބޭނުންކުރާ ސައިންޓިފިކް ފޯމިއުލާ އަކީ ގޯލްޑަން ރޭޝިއޯއެވެ. މިކަން ކުރުމަށް އެންމެ މަގްބޫލު އެއް ވަސީލަތަކީ، ވިޝުއަލް ފޮޓޯގެ ދިގުމިނާއި ފުޅާމިން މިންތައް އެއްކޮށްގެން، އޭގެ ނިސްބަތް ގޯލްޑަން ރޭޝިއޯއަށް އަންނާނީ ކިހާ ވަރަކަށްތޯ ދެނެގަތުމެވެ.

ގޯލްޑަން ރޭޝިއޯއަށް އަންނަ ނިސްބަތާއި ގާތްކުރާ މިންވަރަކީ 1.618 އެވެ. ދުނިޔޭގައި މިހާރު ފެންނަން ހުރި ބައެއް ތާރީހީ ބިނާތައްވެސް ފަރުމާކުރުމުގައި މި ރޭޝިއޯ ބޭނުންކޮށްފައިވާކަން މިހާރު ވަނީ ސައިންސުވެރިން ހޯދާފައެވެ. އަދި މިއީ ތަނެއް ނުވަތަ އެއްޗެއްގެ ފުރިހަމަ ބައްޓަން ގެންނަން މުހިންމު ރޭޝިއޯ އެކެވެ.

ގޯލްޑަން ރޭޝިއޯ ބޭނުންކޮށްގެން އޮންލައިން މޯޓްމޯގޭޖް އެޑްވައިޒަރ ގެ އެނަލިސްޓުން މިވަނީ ތަފާތު ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގެ އަލީގައި އެފަރާތްތަކުން މިވަނީ ބޮޑެތި ސިޓީތަކުގައިވެސް އިމާރާތްތަކާއި މަގުތައް ވަޒަންކޮށް އެކި ސިޓީތަކާއި އަޅައި ކިޔާފައެވެ.

އެނަލިސްޓުން ދިރާސާ ފޯކަސް ކުރީ އިމާރާތްކޮށްފައިވާ ގޮތާއި ފަރުމާއާ ބެހޭ ގޮތުންނެވެ. އެމީހުން އެންމެ ފުރަތަމަ ގޫގުލް ސްޓްރީޓް ވިއު ފުޓޭޖްތައް ބަލައި ދުނިޔޭގެ އެކި ސިޓީތަކުގައި މީހުން ދިރިއުޅޭ އެތައް ސަތޭކަ މަގުތަކާއި 2400 އެއްހާ ފާހަގަކޮށްލެވޭ އިމާރާތްތަކުގެ ފޮޓޯތަކަށް ބަލާފައިވެއެވެ. މި ހުރިހާ ސިޓީއެއްގެ މަގުތަކާއި އިމާރާތްތައް ގޯލްޑަން ރޭޝިއޯގެ އެހީގައި ވަޒަންކޮށް އެންމެ ރީތި 23 ސިޓީ ހިމެނޭ ލިސްޓެއް ވަނީ ހަދާފައެވެ. ތިރީގައި މިވަނީ އެނަލިސްޓުން ހަދާފައިވާ ލިސްޓެވެ.

  1. ވެނިސް- އިޓަލީ
  2. ރޯމް- އިޓަލީ
  3. ބާސެލޯނާ- ސްޕެއިން
  4. ޕްރާގް- ޗެކް ރިޕަބްލިކް
  5. ނިއު ޔޯކް ސިޓީ- އެމެރިކާ
  6. އެތެންސް- ގްރީސް
  7. ބުޑަޕެސްޓް- ހަންގެރީ
  8. ވިއެނާ- އޮސްޓްރިއާ
  9. ބޯޑޯ- ފްރާންސް
  10. މިލާން- އިޓަލީ
  11. ސްޓޮކްހޯމް- ސްވެޑަން
  12. ޕެރިސް- ފްރާންސް
  13. ފްލޯރެންސް- އިޓަލީ
  14. ޓެލްއަވީވް- އިޒްރޭލް
  15. ކޯޕަންހޭގަން- ޑެންމާކް
  16. މަރަކޭޝް- މޮރޮކޯ
  17. ޗިކާގޯ- އެމެރިކާ
  18. އެމްސްޓަޑަމް- ނެދަލޭންޑްސް
  19. ބާލިން- ޖަރުމަނު
  20. އިސްތަންބޫލް- ތުރުކީ
  21. ސެއިންޓް ޕީޓަރސްބާރގް - ރަޝިޔާ
  22. ސްޓްރަސްބޯރގް- ފްރާންސް
  23. ދުބާއީ- ޔުނައިޓެޑް އަރަބް އެމިރޭޓްސް
  24. މިއާމީ- އެމެރިކާ
  25. ބެއިޖިންގ- ޗައިނާ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިންޑިއާ އައުޓް!

    ނިއު ޔޯކް ސިޓީ- އެމެރިކާ 🤔🤦🏽‍♂️

    6
    3
  2. މޫސަ

    ތިޔަ ލިސްޓަށް މަދުވަނީ މާލެ

    12
    3
  3. ކާނިވާއިން

    ފޭކް ލިސްޓެއް. ތި ކޮންމެސިތީއެއް ފިނިވެ ގަނޑުވެ، ހޫނުވޭ، ގޭންގްތައްއޮވޭ،