ދުނިޔޭގެ މަޝްހޫރު މަހުޖަން އީލޮން މަސްކް އާއި ވައްތަރު ކަމަށް ބުނަމުންދާ މީހާ އިންޓަނެޓްގައި ގިނަބައެއްގެ ސަމާލުކަން ހޯދަން ފަށައިފި އެވެ.

މަސްކް އާއި ވައްތަރު މީހެއް ކަމަށް ބުނާ މީހާގެ ވީޑިއޯއެއް އިންޓަނެޓްގައި ދައުރުވާއިރު މި ވީޑިއޯ އަކީ ކުރީގެ ވީޑިއޯ އެއް ކަމަށް ވެއެވެ. މި ވީޑިއޯ އަކީ ޖޫން މަހުގެ އެއްވަނަ ދުވަހު އުދުބްރިއާ އައިޒަކް ނަމަކަށް ކިޔާ މީހަކު އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާ ވީޑިއޯއެކެވެ.

މި ވީޑިއޯ އިންޓަނެޓްގައި ވައިރަލްވަމުން އަންނަ އިރު މިހާތަނަށް 16 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ. މި ވީޑިއޯ އިން ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވަނީ "ޗައިނީޒް އީލޮން މަސްކް" މިހެންނެވެ.

ވީޑިއޯ ފެށެނީ ޓެސްލާގެ ކާރަކުން މަސްކު ވައްތަރު ޖަހާ ޗައިނާ މީހާ ހިނިތުންވެހުރެ އެންމެންނަށް ’ހައި‘ ބުނެ ”އަހަރެން މީ އީލޮން މަސްކް" އޭ ބުނާތަނެވެ. ބައެއް ފަރާތްތަކުން މި މީހާ ދަންނަނީ ޔިލޮންގް ނަމަކަށް ކިޔާ މީހެއްގެ ގޮތުގަ އެވެ.

މި ވީޑިއޯ ޝެއާ ކުރި ފަހުން އިންސްޓަގްރާމްގައި މި ވީޑިއޯ އަށް ވަނީ މިލިއަނަކަށް ވުރެ ގިނަ ލައިކްސް އެއްކޮށްފަ އެވެ. ވީޑިއޯ ފުރަތަމަ އާއްމުކުރި ޓިކްޓޮކް އެކައުންޓް މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.

މި ޕޯސްޓުގެ ކޮމެންޓް ސެކްޝަނަށް ޔޫޒަރުން ވަނީ ވަރަށް ހައިރާންކުރުވަނިވި ވާހަކަތަކެއް ދައްކާފަ އެވެ. އީލޮން މަސްކް އާއި ޗައިނާ މީހާގެ ކިބައިން ފެންނަ ހަމައެކަނި ތަފާތަކީ ޗައިނާ މީހާ މާޒުވާން ވުން ކަމަށް ކޮމެންޓް ކުރި ބައެއް މީހުން ބުނެފައި ވެއެވެ.

އީލޮން މަސްކްގެ އުމުރުން 51 އަހަރު ނަމަވެސް ފެންނަ ފެނުމަށް އޭނާ މާބޮޑަށް މުސްކުޅި ކަމަށް ބައެއް މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އިލޮން މަސްކް ގެ އަންހެނުންގެ ސަމާލުކަން އަދި ނުލިބެއެއްނު

    • ނުޖަހާ

      އެވެސް ހޯދައިފި