މާލޭ ފަތާ ޓްރެކް ސަރަހައްދުން ގިނަ އަދަދެއްގެ "ކޮންޑަމް" ފެންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޓިކްޓޮކްގައި އާންމު ވެއްޖެއެވެ.

ޓިކްޓޮކްގައި ދިވެއްސަކު އެ ވީޑިއޯ އާންމު ކުރަމުން ބުނެފައިވަނީ އެވީޑިއޯއަކީ މާލެ ފަތާ ޓްރެކް ސަރަހައްދުން ކިތަށް ކޮންޑަމް ފެންނާނެތޯ ބަލަން ވެގެން ކޮށްފައިވާ ވީޑިއޯއެއް ކަމަށެވެ.

އެގޮތުން ވީޑިއޯގެ ތެރެއިން މޫދުން އޭނާ ވަނީ ފަސް ކޮންޑަމް ފެންނަ ގޮތަށް އެ ވީޑިއޯ ކޮށްފައެވެ.

މިވީޑިއޯ ޓިކްޓޮކްގައި ހިއްސާ ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ވީޑިއޯއަށް ލިބިފައެވެ. އެގޮތުން 95،000 އަށްވުރެ ގިނަ މީހުން މި ވީޑިއޯ ބަލާފައިވާއިރު، 500 އާއި ގާތްކުރާ ވަރަށް މީހުން ވަނީ އެވީޑިއޯއަށް ކޮމެންޓް ކޮށްފައެވެ.

https://www.tiktok.com/@shaavyyyy/video/7130905384054738178?_r=1&_t=8UpZksQWchW&is_from_webapp=v1&item_id=7130905384054738178

ވީޑިއޯއަށް ކޮމެންޓް ކުރި ގިނަ މީހުން ބުނެފައިވަނީ އެމީހުންނަކީ ވަރަށް ގިނައިން އެތަނަށްދާ ބައެއް ކަމަށާއި ނަމަވެސް ވީޑިއޯ ފެނުމަށްފަހު ދެން އެމީހުން އެތަނަށް ނުދާނެ ކަމަށެވެ.

މާލޭ ފަތާ ޓްރެކް ސަރަހައްދުން ގިނަ އަދަދެއްގެ "ކޮންޑަމް" ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، މީގެ ކުރިން ވެސް އެސަރަހައްދުން ގިނަ އަދަދެއްގެ ކޮންޑަމް ފެންނަ ވާހަކަ މީސްމީޑިއާގައި އެކި މީހުން ދައްކާފައިވެއެވެ.

މާލޭ ފަތާ ސަރަހައްދުގައި ފާހަނަ ބަރިއަކާއި މޫދުން އަރާ ގޮތަށް ރީތި ފެނުން ފެންވެރޭނެ އިންތިޒާމުގެ އިތުރުން ޗޭންޖިން ރޫމެއް ގާއިމު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެތަނަށް ގިނަ ބަޔަކު ފަތަންދާއިރު، ފެތުމުގެ މުބާރާތްތައް ވެސް އެތަނުގައި ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މިކަހަލަ ތާކުންތާކުނުޖެހޭ ، މުޖުތަމަައުއާ ނުގުޅޭ ވާހަކަ..މަގޭދަރިން މިކިޔާކަށް މަބޭނުމެއްނޫން

    2
    1
  2. ކޮސް

    އަދި ބުނެފަހުރި ގޭގެ ހާލަތުގެގޮތުން ގޭގައި ނުކުރެވޭތިޔޯ މޫދަށްދަނީ

  3. ހުސޭނުބޭ

    އަލަމްގިރީއަށްފަހު ތިއޮތީ ކޮންޑަމްގިރީ ލައްވާލާފައި

  4. Anonymous

    ތިއެއްޗެހި ފެނުން މައްސަލަޔަކައްވޭތޯ...؟؟ ރާއްޖޭގަ އެއްޖިންސުން ގުޅުންހިނގުން ހުއްދައިރު.