ކައިވެނީގެ ހަފްލާ ތަކުގެ ވީޑިއޯތައް އާއްމުކޮށް މީސް މީޑިއާގައި ވަރަށް ހިނގައެވެ. އެފަދަ އެތައް ވީޑިއޯއެއް ވައިރަލްވާއިރު، އޭގެ ތެރެއިން ބައެއް ވީޑިއޯތަކަކީ ބަލަން މާ ފަސޭހަ ވީޑިއޯތަކެއް ނޫނެެވެ. އެގޮތުން އަނިޔާގެ ވީޑިއޯތައްވެސް ހިމެެނެއެވެ.

މިފަހަރު ވައިރަލް ވެގެން އުޅެނީ އަނިޔާގެ ވީޑިއޯއެކެވެ.

އެ ވީޑިއޯއިން ފެންނަނީ ކައިވެނީގެ ހަފްލާ ތެރޭގައި ހިނގި ކަމެކެވެ. އެގޮތުން އެ ވީޑިއޯއިން ފެންނަނީ ކައިވެނީގެ ހަފްލާގެ ތެރެއިން އެކަކު އަނެކަކަށް އެއްޗެއް ކާންދޭ ތަނެވެ.

އެ ވީީޑިއޯއިން ފެންނަނީ އަނބިމީހާ ފިރިމީހާއަށް ލައްޑޫ ދޭން މަސައްކަތް ކުރާ ތަނެވެ. އެހެން ނަމަވެސް އޭނާ ނުކާން ގަދަ ދައްކާ ތަން ފެނިގެން ދެއެވެ. ނަމަވެސް ގަދަ ހަދާފައި އަންހެން މީހާ ފިރިހެން މީހާގެ އަނގައިގައި ލައްޑޫ ލައްވައެވެ. އެގޮތަށް ފިރިހެން މީހާވެސް އަންހެން މީހާގެ އަނގައިގައި ގަދަކަމުން ލައްޑޫ ލަވަން މަސައްކަތް ކުރެއެވެ. އަންހެން މީހާ ގަދަ ހަދަމުންދަނިކޮށް އޭނާގެ އަނގައަށް ލައްޑޫ ލައްވާއިރު، ދެން ފެނިގެން ދަނީ އަންހެން މީހާގެ ކަންކަށި މަތީގައި ޖަހާ ތަނެވެ.

އެ ވީީޑިއޯގެ އެކި ކްލިޕްތައް މީސް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވަނީ ވައިރަލް ވެފައެވެ. އޭގެ ތެރޭގައި އިންސްޓަގްރާމް ހިމެނެއެވެ.


ގިނަ ބަޔަކަށް އަންހެން މީހާގެ މި އުޅުން ކަމަކު ނުދިޔައެވެ. އަދި ފާޑުކިޔުންވެސް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު