ފުރަތަމަ ފަހަރަށް ޖޯނީ ޑެޕް ފިލްމެއް ޕްރޮޑިއުސް ކުރަން ނިންމައިފި އެވެ.

ޑެޕް ފުރަތަމަ ޕްރޮޑިއުސް ކުރަން ނިންމާފައިވާ ފިލްމަކީ އާޓިސްޓް އަމިދީއޯ މޯޑިގްލިއާނީއާ ބެހޭ ބައޮޕިކް އެކެވެ. ފިލްމީދާއިރާގައި 25 އަހަރު މަސައްކަތް ކޮށްފައިވާ ޑެޕް ފުރަތަމަ ފިލްމުގެ މަސައްކަތް ކުރަނީ ކޯ-ޕްރޮޑިއުސަރު އަލް ޕަޗީނޯއާ އެކުގައި އެވެ.

މޮޑިގްލިއާނީ އަކީ 1916 ވަނަ އަހަރު ޕެރިހުގެ މަޝްހޫރު ކުރެހުންތެރިޔާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ޑެނިސް މެކެންޓަޔަރ ލިޔެފައިވާ ވާހަކައިގެ މައްޗަށް ބިނާކޮށް، ޖެރްޒީ އާއި މޭރީ ކްރޮމޮލޮވްސްކީގެ އެހީއާ އެކު އުފައްދާ ފިލްމެކެވެ.

މި ފިލްމް ޕްރޮޑަކްޝަންގެ މަސައްކަތް 2023 ވަނަ އަހަރުގެ ބަހާރު މޫސުމުގައި ޔޫރަޕްގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ފިލްމުގައި ހަރަކާތްތެރިވާނެ ތަރިންވެސް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ހޮލީވުޑް ރިޕޯޓާއިން ބުނެ އެވެ.

ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑެޕް ބުނީ މޯޑިގްލިއާނީގެ ހަޔާތުގެ ވާހަކައަކީ އޭނާ ވަރަށް ގަޔާވާ ވާހަކައެއް ކަމަށެވެ. އަދި މި ވާހަކަ ފިލްމެއްގެ ގޮތުގައި ގެނައުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

"އެއީ ވަރަށް ހިތްދަތި ދިރިއުޅުމެއް، އެކަމަކު އެންމެ ފަހުން ކާމިޔާބު ލިބުނީ، މުޅި ދުނިޔެއަށް ވެސް އިންސާނީ އިބްރަތްތެރި ވާހަކަ އަކުން، ހުރިހާ ބެލުންތެރިންނަށް ވެސް ދެނެގަނެވޭނެ.“ ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުއެއްގައި ޑެޕް ބުންޏެވެ.

ޑެޕް އާ އެއްކޮށް މި ފިލްމުގައި ޕަޗީނޯ އާއި ނަވީދީ ވެސް މަސައްކަތް ކުރާނެއެވެ. މި ދެމީހުން ވެސް ވަނީ ވެނިސްގެ މާޗަންޓް އަދި ވައިލްޑް ސޮލޯމޭގެ ލައިކްސް ގައި ކުރިން ގުޅިގެން މަސައްކަތް ކޮށްފަ އެވެ.