ޖަޕާނުގެ މަޝްހޫރު ފެޝަން ޑިޒައިނަރު ހަނޭ މޯރީ 96 އަހަރުގައި މަރުވެއްޖެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ހަނޭ މޯރީ މަރުވީ ޗަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހުންނަ އޭނާގެ ގޭގައިއެވެ. މޯރީގެ ލަގްޒަރީ އުފެއްދުންތައް ދުނިޔޭގެ މަޝްހޫރު ވިޔަފާރިވެރިންނާއި މޮޑެލްކުރާ ފަރާތްތަކުން ބޭނުންކުރެއެވެ. އެގޮތުން ނެންސީ ރޭގަން އާއި ގްރޭސް ކެލީ އަކީ އޭނާގެ ވަރަށް ބޮޑު ދެ ފޭނުންނެވެ.

މޯރީ އަކީ ޖަޕާނުގައި އިތުރުން ބައިނަލްއަޤުވާމީ ކޯޕަރޭޝަންތަކުގައިވެސް އިސްކޮށް އުޅުއްވި ޖަޕާނުގެ މަދު އަންހެނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ.

ޕަބްލިކް ބްރޯޑްކާސްޓަރ އެންއެޗްކޭ އާއި އެހެން ބައެއް މީޑިއާތަކުން ވެސް މި ހަބަރު ރިޕޯޓްކޮށްފައިވާއިރު އާއިލާއާއި ހަވާލަދީ ނޫސްތަކުން ރިޕޯޓްކުރަނީ މޯރީގެ އާއިލާއިން އާއިލީ ޖަނާޒާއެއް ބާއްވާފައިވާ ކަމަށާއި އޭނާ މަރުވާން ދިމާވި ސަބަބަކީ "މުސްކުޅި" ބަލި ކަމަށް ބުނެފައި ވެއެވެ.

މޯރީ އެންމެ ފުރަތަމަ ފެޝަންގެ ދާއިރާއަށް ނުކުތީ ޓޯކިޔޯއިންނެވެ. އެގޮތުން 1977 ވަނަ އަހަރު އޭނާގެ ލޭބަލް ވެގެން ދިޔައީ ހައުޓޭ ކޮއުޗަރގެ ވަރަށް ހުނަރުވެރި ފަރާތްތަކާ ގުޅުނުއޭޝިޔާގެ ފުރަތަމަ ފެޝަން ހައުސް އަށެވެ. 1965 ވަނަ އަހަރު ނިއުޔޯކްގައި އޭނާގެ ފުރަތަމަ ކަލެކްޝަން ފާހަގަކުރީ "އީސްޓް މީޓްސް ވެސްޓް" މި ޝިއާރުގެ މައްޗަށް ށެވެ.

މި މަހު ކުރީކޮޅު މަރުވި އިސީ މިޔަކޭ ފަދަ ޖަޕާނުގެ ފެޝަން ޑިޒައިނަރަކީވެސް މޯރީގެ ފޭންއެކެވެ.

2004 ވަނަ އަހަރު ޕެރިސް އެޓޭލިއަރ ގައި އެންމެ ފަހުން ބޭއްވި ކޮއުޗަރ ޝޯއަށްފަހު ޕެރިސް އެޓޭލިއަރ ބަންދުކުރި ނަމަވެސް، ހާނޭ މޯރީ ހެދުންތައް ޓޯކިޔޯގައި އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކައެވެ.