ކޭ ޕޮޕްގެ އަންހެން ލަވަ ކިޔުންތެރިންގެ ބޭންޑް، ބްލެކްޕިންކްގެ އެންމެ ފަހުގެ ލަވަ އަލްބަމް "ޕިންކް ވެނޮމް" ނެރުނުތާ 24 ގަޑިއިރު ނުވަނީސް ޔޫޓިއުބްގައި 90.4 މިލިއަނަށް ވުރެ ގިނަ ވިއުސް ހޯދައިފިއެވެ.

ގިނަ ބައެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ މި ބޭންޑުގެ މި ލަވަ އަލްބަމް ރިލީޒްކޮށްފައިވަނީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ 24 ގަޑިއިރުގެ ތެރޭގައި އޮގަސްޓް މަހުގެ20 ވަނަ ދުވަހު މި އަލްބަމްގެ ލަވަތައް ބެލި މީހުންގެ އަދަދު ވަނީ 86،228،516 އަށް އަރާފައެވެ.

ޔޫޓިއުބުން ފަހުން ރަސްމީކޮށް ކަށަވަރުކޮށްދިން ގޮތުގައި ބްލެކްޕިންކްގެ "ޕިންކް ވެނޮމް" ވަނީ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 90.4 މިލިއަނަށް ވުރެ ގިނަ ވިއުސް ހޯދައިފައެވެ.

މިއީ މި ޕްލެޓްފޯމުން މިހާތަނަށް 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ވިއުސް ލިބުނު ލަވަ އަލްބަމެވެ.

2020 ވަނަ އަހަރު "ހައު ޔޫ ލައިކް ދެޓް" އިން ހަދާފައިވާ އެމީހުންގެ އަމިއްލަ ރެކޯޑް ދަށަށް ވައްޓާލައި "ޕިންކް ވެނޮމް" މިހާރު ވަނީ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އަންހެން އާޓިސްޓުންގެ މިއުޒިކް ވީޑިއޯއަކުން މިހާތަނަށް އެންމެ ގިނަ ވިއުސް ހޯދި ރެކޯޑް ވެސް ހޯދާފައެވެ.

ޔޫޓިއުބް މިއުޒިކްގައި މި އަލްބަމް ބޮޑު ކާމިޔާބެއް ހޯދަމުން އަންނައިރު މިއަދާ ހަމައަށް 160 މިލިއަން ވިއުސް އަދި 11 މިލިއަން ލައިކްސް، ތިން މިލިއަން ކޮމެންޓް ވަނީ މި އަލްބަމަށްލިބިފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން މި އަލްބަމްގެ އެއް ލަވަ ރިލީޒްކުރިއެވެ. އެ ފަހަރުވެސް ބޮޑު ތަރުހީބެއް އެ ލަވައަށް ލިބުނުކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    ބީޓީއެސް ގެ ބަޓާރ އަށް 24 ގަޑީއިރުތެރޭގައި 108 މިލިއަން ވިއުސް ލިބުނު....ދެން ތި ކޯންޗެއް

    4
    3