ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އީލޮން މަސްކް، އޭނާގެ ކުރީގެ ލޯބިވެރިޔާ ޖެނިފާ ގްވެއިން އާއެކު މީގެ އަހަރުތަކެއް ކުރިން ލޯބިވެރިންގެ ގޮތުގައި ތިއްބާ ނަގާފައިވާ ފޮޓޯތައް ނީލަމުގައި ވިއްކާލަން ތައްޔާރުވެއްޖެއެވެ.

މަސްކް އާއި ޖެނިފާ ގްވެއިން ޑެޓް ކުރީ 1994 ވަނަ އަހަރުގައެވެ. އޭރު އެ ދެމީހުންގެ އުމަރުވެސް އުޅެނީ 20 ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އެ ދެމީހުންވެސް ޑޭޓްކުރި އިރު ކިޔަވަމުން ދިޔައީ އެމެރިކާގެ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާއިންނެވެ.

މިހާރު ގްވެއިން ދަނީ އެއް އަހަރު ދުވަހުގެ ގުޅުމުގެ ތެރެއިން ދުވަސްވީ ފޮޓޯތަކާއި އަމިއްލަ ބައެއް އެއްޗެހި ނީލަމުގައި ވިއްކާލައި، އޭނާގެ ދަރިފުޅުގެ ފެކަލްޓީ ޓިއުޝަނަށް ފައިސާ ހަމަކުރުމުގެ މަސައްކަތް ފަށާފައެވެ.

ސައުތު ކެރޮލައިނާގައި ދިރިއުޅެމުން އަންނަ އުމުރުން 48 އަހަރުގެ ގުވައިން، މަސްކް އާ އެކު އޮތް ގުޅުމާ ބެހޭ ގޮތުން ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭރު އެމީހުންގެ ގުޅުން ވަރަށް ވަރުގަދަ ކަމަށެވެ.

މި ޖޯޑު ވަކިވީ 1995 ވަނަ އަހަރު މަސްކް ޕަލޯ އަލްޓޯ އަށް ދިރިއުޅުން ބަދަލުކުރި ހިސާބުންނެވެ. ހަމަ އެ ދަނޑިވަޅުގައި މަސްކް ވަނީ އޭނާގެ ފުރަތަމަ އަނބިމީހާ ޖަސްޓިން ވިލްސަން އާއެކުއުޅެން ފަށައިފައެވެ.

"އަޅުގަނޑުމެން ބައްދަލުވީ 1994 ވަނަ އަހަރުގެ ފަހުކޮޅު. އޭރު އަޅުގަނޑަކީ ޖޫނިއާ ދަރިވަރެއް އަދި އޭނާ އަކީ ސީނިއާ ދަރިވަރެއް،" ކޮލެޖްގައި އުޅުނީ ވަރަށް އެކުގައިކަން ހާމަކުރަމުން ގްވެއިން ބުންޏެވެ.

މަސްކް އާ އެކު ނަގާފައިވާ 18 ފޮޓޯއެއް ނީލަމުގައި ވިއްކާލާއިރު ނީލަން ފެށޭ އަގަކީ 1،542 ރުފިޔާއެވެ. ފޮޓޯތަކުގެ އިތުރުން އޭރު މަސްކް ހަދިޔާކުރި ބައެއް ތަކެތިވެސް ވިއްކާލަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު