މޫސުން ގޯސް ވަގުތެއްގައި ފެންވަރަން ވަންނަ މީހުން ވެސް އުޅެއެވެ. އެއީ އެ ފިނީގައި ފެންވެރުމުން ހިތްހަމަ ޖެހުންވެސް ލިބޭތީއެވެ.

އެކަމަކު ގުގުރުމާއެކު ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ސަލާމަތުން ހުންނާނޭ ގޮތް ދެނެގަތުމަކީ މުހިންމު ކަމެކެވެ. މުޅި ދުނިޔެއަށް ބަލާއިރު އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 24،000 މީހުން ހޮނު އެޅުމުގެ ގެ ސަބަބުން މަރުވާ ކަމަށް ދައްކާއިރު، 2،40،000 މީހުންނަށް އެފަދަ ހާދިސާތަކުގެ ސަބަބުން އަނިޔާ ލިބެއެވެ.

ގިނަ މީހުންނަކީ ހޮނު އަޅާފާނެ ކަަމަށް ބަލައި ރައްކާތެރިކަމަށް އަހުލުވެރި ވެފައިވާ މީހުންނެވެ. އެގޮތުން ގަސްތަކުގެ ދަށުގައި ނުވަތަ ކުޑަ ދޮރު ކައިރީގައި ހުއްޓި ނުހުރުމާއި، ކޯޑަންކޮށްފައިވާ ފޯނެއްގައި ވާހަކަ ނުދެއްކުން މިއީ ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމެވެ.

ނަމަވެސް އެނގޭ ހެއްޔެވެ؟ ގުގުރުމާއެކު ވާރޭ ވެހޭ އިރު ފެންވަރާ، ތަށިތައް ދޮވެ ހެދުމުން ދުރުހެލިވާން ޖެހެއެވެ.

ގެއަށް ހޮނު އަޅައިފިނަމަ، ކަރަންޓް ދާނީ ބިމަށް އެންމެ މަދު ދެކޮޅުވެރިކަމެއް ހުރި މަގަކުންނެވެ. އޭގެ ތެރޭގައި ހޮޅިތަކުގައި ހުންނަ މެޓަލް ވަޔަރ ނުވަތަ ފެން ފަދަ ތަކެތިން ކަރަންޓް ބިމަށް ދާން ފަސޭހަ ކޮންޑަކްޓިވް މަގެއް ލިބިގެންދާ ކަމަށް ވެއެވެ.

އެގޮތުން ފެން ދޫކޮށްފައި ހުންނައިރު އެއިން ފެނާއި މެޓަލް ފޯރުކޮށްދީ، ކަރަންޓަށް ދާން ރަނގަޅު މަގަކަށް ވެގެންދެއެވެ. އެގަޑީގައި ފެންވަރަން ނޫނީ ފެނުން ކަމެއް ކުރަން ހުންނަ ނަމަ ނުރައްކާތެރި ހާލަތަކާއި ކުރިމަތި ކުރުވައެވެ.

ނަމަވެސް ބޭރަށް ނުކުމެ ފެންވަރާލުން ނުވަތަ ވާރޭގައި ފެންވެރުމުން މިފަދަ ކަމެއް މެދުވެރިވާނެ ކަމެއް ނޫނެވެ.

އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ބުނާގޮތުގައި، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭ ވަގުތުގައި ފެނުގެ ހުރިހާ ހަރަކާތަކުން ދުރުހެލިވުން ރައްކާތެރިއެވެ.

ކިޔުންތެރިންގެ ހިޔާލު