ފަސް ދޮޅަސް ވަނަ އުފަން ދުވަސް ފާހަގަ ކުރަން އެމެރިކާގެ މައިސޫރީ ކޯރުގައި 38 މޭލު ދުރަށް ފިރިހެނަކު ފަލި ޖަހައިފިއެވެ.

ޑުއާން ހެންސެން ނަމަކަށް ކިޔާ މި މީހާ ފަލި ޖަހައި 38 މޭލު ދަތުރު ކޮށްފައި ވަނީ ބޮޑު ބަރަބޮލަކަށް އެރިގެން ކަމަށްވާއިރު، އޭނާ ވަނީ މި ދަތުރުގައި 11 ގަޑިއިރު ހޭދަކޮށްފައެވެ.

މިއާއެކު ޑުއާން ހެންސެން ވެގެން ގޮސްފައި ވަނީ ބަރަބޮލެއްގައި އެންމެ ދުރަށް ފަލި ޖަހާފައި ދަތުރުކުރި މީހާއަށެވެ. އޭނާއަށް މި ޝަރަފް ގިނީސް ވޯލްޑް ރެކޯޑްސް އިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން 2016 ވަނަ އަހަރު މި ރެކޯޑު އޮތީ ރިކް ސްވެންސަން އަތުގައެވެ. އޭނާ ވަނީ 25.5 މޭލު ދުރަށް ބަރަބޮލެއްގައި ފަލި ޖަހައި ދަތުރު ކޮށްފައެވެ.

ޑުއާން ހެންސެންގެ ދަތުރު ފެށި ހިސާބުން އަދި ނިންމި ހިސާބުން އޭނާއަށް ގިނަ ބަޔަކު ހިތްވަރު ދީފައިވާއިރު، އޭނާ ހާސިލް ކުރި މިކަންތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު