ކިންގް ޖޯޖް ހަވަނަ މެމޯރިއަލް ޗެޕަލް އަކީ އަވަހާރަވެފައިވާ ރާނީ އެލިޒަބަތު ދޭއް އެންމެ ފަހުން ބާއްވަން ހަމަޖެހިފައިވާ ތަނެވެ. މި ޗެޕަލްގައި ރާނީ އޮންނަވާނީ އެކަމަނާގެ ބައްޕާފުޅު، ކުރީގެރަސްގެފާނު ޖޯޖް އާއި މަންމާފުޅާ އަދި ފިރިކަލުން ޕްރިންސް ފިލިޕްގެ ކައިރީގަ އެވެ.

ޖޯޖް ޕޭސް ޑިޒައިންކޮށްފައިވާ މެމޯރިއަލް ޗެޕަލްގެ މަސައްކަތް ފެށީ 1969 ވަނަ އަހަރުއެވެ. މިއީ ރާނީ އެލިޒަބަތު ދޭއް އެކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް ހަވަނަ ފަސްދާނުލެއްވުމަށް އިމާރާތް ކުރެއްވި ހާއްސަ ތަނެކެވެ.

ރަސްގެފާނު އަވަހާރަވީ އުމުރުފުޅުން 56 އަހަރުގައި 1952 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ. ކުއްލިގޮތަކަށް ރަސްގެފާނު އަވަހާރަވުމުން ޝާހީ އާއިލާއަށްވެސް ބޮޑު ސިހުމެއް ލިބުނެވެ. އަދި ރަސްގެފާނު ފަސްދާނު ލެއްވުމަށް އޭރު ހާއްސަ ތަނެއްވެސް ހަމަޖައްސާފައި ނުވާއިރު މިއީ ރާނީ އެލިޒަބެތުގެ ހިޔާލެއްކަން ފާހަގަ ކުރެވެއެވެ.

އެންމެ ފުރަތަމަ ރަސްގެފާނުގެ ހަށިކޮޅު އޮތީ ރޯޔަލް ވޯލްޓްގައި ބާއްވާފައެވެ.

ރޯޔަލް ވޯލްޓަކީ 18-19 ވަނަ ގަރުނުގައި އަވަހާރަވި އިނގިރޭސި ޝާހީ އާއިލާގެ ބައެއް ބޭފުޅުންވެސް ފަސްދާނުލާފައިވާ ތަނެވެ. އޭގެ ތެރޭގައި 1820 ވަނަ އަހަރު އަވަހާރަވި ޖޯޖް 3 ވެސް ހިމެނެ އެވެ.

ސެއިންޓް ޖޯޖްސްގައި ދެވަނަ ވޮލްޓެއް ބޭއްވޭނެ އިތުރު ޖާގައެއް ނެތުމުން، އިތުރު ޗެޕަލްއެއް ހަދަން ނިންމިއެވެ. ނަތީޖާއެއްގެ ގޮތުން 15 ވަނަ ގަރުނުގައި ސެއިންޓް ޖޯޖްގެ ޗެޕަލް ކޮންސެމިނޭޓު ކުރެވުނު ފަހުން ސެއިންޓް ޖޯޖް އަށް އިތުރުވި ފުރަތަމަ ޗެޕަލް އަކީ ޗެންޓްރީ ޗަޕެލް އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    ކޮންމެތާކު އޮތަކަސް ކަށްވަޅުގެ ސުވާލު ކުރެވޭނެ. ހިތުން ބެރުޖަހާ ލަވަކިޔާ ބަޑިޖެހީމާ ސުވަރުގެ ދެވުނީ. ހުރި ހަލާކެއްގެ ބޮޑުކަމާއެވެ.

    3
    1