ބޮލީވުޑުގެ މެގަ ސްޓަރ އަމީތާބު ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަންއާއި ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަން އެކުގައި ދިޔަ ތަނަކުން އަބީޝެކްގެ ސަޕޯޓަރުން އޭނާއާއި އެކު ސެލްފީ ނަގަން އުޅުމުން ޖަޔާ ހަޅޭލަވައިފިއެވެ.

މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ޖަޔާއާއި އަބީޝެކް ބޯޕާލްގެ ޓެމްޕަލްއެއްގެ ތެރެއިންނެވެ. ޖަޔާއާއި އަބީޝެކް ހުރީ މާސްކު އަޅައިގެންނެވެ. އަދި ޖަޔާ ހުރީ އަބީޝެކްއަށް ވުރެ ކުރީގައެވެ.

މިވަގުތު ކޮޅުގެ ތެރޭގައި އަބީޝެކްގެ ސަޕޯޓަރުން އޭނާ ވަށައިލައިގެން ސެލްފީ ނަގަމުން ދަނިކޮށް އެމީހުންނާއި ދިމާލަށް ޖަޔާ ރުޅިއައިސްގެން ހަޅޭލެވިއެވެ.

''ކީއްތަ ތި ކުރަނީ. އަހަރެމެން ބުނެފިން ނޫނެކޭ. އެހެންވީމަ އެކަމަށް އިހުތިރާމް ކުރޭ'' ޖަޔާ ބުންޏެވެ.

ޖަޔާ އެހެން ބުނުމަށް ފަހު ވެސް އެއްވެފައި ތިބި މީހުންނާއި އެކު އަބީޝެކް ފޮޓޯ ނަގަމުން ދިޔައެވެ. އަދި ރަތްކުލައާއި ހުދު ކުލައިގެ ސާރިއެއް އަޅިގެން ތިބި އަންހެނުންތަކެއް އަބީޝެކްއާއި އެކު ފޮޓޯ ނަގާތަން ފެނުމުން އެމީހުންނަށް ވެސް ޖަޔާ ވަނީ ރުޅިއައިސްގެން ބަސްބުނެފައެވެ.

އެއަށްފަހު އެއްވެފައި ތިބި އެންމެންނަށް ވެސް ޖަޔާ ވަނީ ހަޅޭލަވާފައެވެ.

''ކިހިނެއް ވެގެން ތަ އެންމެން ތި އުޅެނީ. ލަދެއް ނުގަނޭތަ ތިހެން އުޅެން'' ޖަޔާ ބުންޏެވެ.

ޖަޔާއަކީ އަބަދުވެސް ރުޅި އައިސްފައި ހުންނަ އަދި މީޑިޔާ ކުރިމަތީ ޕޯސް ދިނުމަށް އުޒުރުވެރިވާ ފަންނާނެކެވެ.

ޖަޔާގެ ފިލުމީ މަސައްކަތަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަރަން ޖޯހަރްގެ ފިލުމު ''ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ'' އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޤާސިމް

    ޖަޔާ ތީ ވަރަށް ފޮނި ކިބުރުވެރި މީހެއް.. މަވެސް އައިޝްވާރިޔާ އާއި އެކު ފޮޓޯއެއް ނަގަން އުޅުނީމަވެސް ހަޅޭއްލަވާގަތް.. މަ އެއަށްވުރެ ބާރަށް ހަޅޭއްލަވާގަތީމަ ފަހުން އޯކޭވި..

  2. Anonymous

    ވ ފޮނި އަންހެނެއް އަބަދުވެސް! ޒުވާން އިރު ވެސް! އޭރުގެ ފިލްމީ މެގަޒިން ތަކުން ހަބަރު ކިޔާފަ ހުރީ އހަރެމެން ކުޑައިރު!