ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަބީޝޭކް ބަޗަން އާއި އައިޝްވާރިޔާ ރާއީ ބައްޗަންގެ ކައިވެނީގެ މައްސަލަ ޖެހިގެން އުޅޭ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

އެ ދެ ތަރިންގެ ގުޅުމަށް ހީނަރުކަން އައިސްފައިވާ ކަމުގެ ވާހަތައް ދެކެވެން ފެށީ ނިތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރުގެ ހަފްލާއަށް އައިޝްވާރިޔާ އެކަނި ދިއުމުންނެވެ. އެ ހަފްލާގައި އައިޝްވާރިޔާއާއިއެކު ދިޔައީ ދަރިފުޅު އަރާދްނާ އެވެ.

އެއަށް ފަހު އައިޝްވާރިޔާ އާއި އަބީޝޭކް އިވެންޓެއްގެ ތެރެއިން ޒުވާބު ކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ދެ ތަރިން ކިޔާ އެއްޗެއް ސާފު ނުވެ އެވެ. ނަމަވެސް ހަރަކާތްތަކުން އައިޝްވާރިޔާ ވަރަށް ރުޅިއައިސްފައި ހުރިކަން ފާހަގަވާ ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

އައިޝްވާރިޔާ ރުޅިއައިސްގެން އަބީޝޭކާއި ދިމާލަށް އެއްޗިހިިކިއިރުގައި އެ ދެ މީހުންގެ ދަރިފުޅު ވެސް ކައިރީގައި އިން ކަމަށް ބުނެއެވެ. އަދި އައިޝްވާރިޔާ ގައިގައި އަރާދްނާ ބައްދާލާތައް ވެސް ފެނެ އެވެ.

އައިޝްވާރިޔާ ކައިވެނި ކޮށްގެން އުޅެނީ އޭނާއަށް ވުރެ އުމުރުން ތިން އަހަރު ހަގު އަބީޝެކް އާއެވެ. އެ ދެ މީހުން ކައިވެނި ކޮށްފައި ވަނީ 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުގަ އެވެ. އެ މީހުންގެ ކައިވެންޏައް މިހާރު 15 އަހަރު ވަނީ ފުރިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުބީނު މާރނީ

    މައިދައިތަ އަކީ ޖަޔާ ބައްޗަން. މިއީ ވަރަށް ޒީލަ ގަދަ އަންހެނެއް. އިންޑިއާ މީހުންނަކީ އެއް ގެއެއްގައި އުޅޭ ބައެއް. މުޅި ޢާއިލާ އެއް ގެއެއްގައި އުޅެންޏާ ޖަޔާ ގެ ބލ ޖެހޭނެ. އައިޝްވަރްޔާ މި މީހަކާ އިނީސްސުރެ ހުންނަނީ އަބަދު މާޔޫސް ވެފާ. ޖަޔާ ބަވަނީ ކަމަށް ވާނީ.

  2. އާދަނު

    ކުނބު އައުކޮށްލަން އަންހެންމީހާ ބޭނުންވާ ފަދައިން ، ވަނޮޅު އައުކޮށްލަން ފިރިހެންމީހާވެސް ބޭނުންވާނެއެވެ. ކުނބަކީ ކޮޅަށް ޖަހާފައިހުންނަ މުޑިއެވެ. ވަނޮޅަކީ ކުނބު ޖަހަން ކަނޑާފައިވާ ތަނެވެ.

    1
    5