ބޮލީވުޑްގައި އެންމެ ގިނަބަޔަކަށް ކަމުދާ ފަންނާނުންގެ ތެރޭގައި ހިމެނޭ އެކަކީ ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ އެވެ. އޭނާއާ ބޮލީވުޑްގެ ތަރި އަބީޝޭކް ބަޗަން އުޅެނީ ކައިވެނިކޮށްގެންނެވެ.

މި ދެ ތަރިން އެކުގައި ބޭރަށް ދާއިރު، ނަގާފާއި ހުންނަ ފޮޓޯތަކާއި، އެކުގައި ހޭދަ ކުރާ ވަގުތުތައް އަބަދުވެސް ފޭނުންނަށް ކަމުގޮސް އޭގެ ވާހަކަ ދައްކާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި އަބަދުވެސް މި ދެމަފިރިން އެކަކު އަނެކަކުގެ ދިފާއުގައި ނުކުންނަކަންވެސް ފާހަގަކޮށްލެވެއެވެ.

އެގޮތުން 2010 ވަނަ އަހަރު ހިނގި ހާދިސާއަކަށް ބަލާއިރު، އަބިޝޭކް އާ ނޫސްވެރިއަކު ކުރި ސުވާލަކަށް ތަފްސީލުކޮށް ޖަވާބު ދީފައި މި ވަނީ އައިޝްވާރިޔާއެވެ. އެ ސުވާލު އައި ގޮތުން އައިޝްވާރިޔާ ރުޅިގަދަވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ނޫސްވެރިޔާ ކުރި ސުވާލުގައި ވަނީ ބައްޕަ އަމީތާބާއި އަނބިކަނބަލުންގެ "ބޮޑު ސްޓާޑަމް"ގެ ސަބަބުން އޭނާގެ ކެރިއެރިއަށް "ހިޔަނި" އެޅިދާނެތީ ކަންބޮޑުވޭތޯއެވެ.

އެ ސުވާލަށް ޖަވާބުދެމުން އަބީޝޭކް ބުނީ ނޫނެކޭ އެވެ.

އެ ސުވާލަށް އައިޝްވާރިޔާވެސް ޖަވާބުދިނެވެ. އޭނާ ބުނީ ހިޔަނި އެޅުމުގެ ލަފުޒަށް އޭނާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށެވެ. އަަދި ކޮންމެ ފަހަރަކު ވެސް އަބީޝެކްއަށް މިފަދަ ސުވާލު އުފައްދުމަކީ ބޭއިންސާފެއް ކަމަށް ދެކޭ ކަމަށް އޭނާ ބުންޏެވެ.

އައިޝްވާރިޔާ ބުނީ، އަބިޝޭކްއަކީ އޭނާގެ މަސައްކަތުުގައި ވަރަށް ބޮޑަށް އުޅޭ، ތަފާތު ރޯލުތަކުގެ ބާވަތްތައް ކުޅެފައިވާ، ވަރަށް ވަރަށް ރަނގަޅަށް މަސައްކަތުގައި ގާއިމްވެފައިވާ ފަންނާނެ ކަމަށެވެ.

މި ސުވާލުކޮށްފައި ވަނީ ފެ މީހުން އެކުގައި ފެނުނު ފިލްމް ރާވަން އާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗަކޮއި

    އަބަދުވެސް ތިހާލަތުގައި މި އަންހެނާއި ، މީނާހެ މައިދައިތަ އުޅެނީ.. ވަކިވަރަކަށް ވުރެއް މީހާއަށް މީހާފެނުނީ މަވެސް ވާނީ ތިޔަހެން.