އިންޑިޔާގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ އެއްވެސް ކަމަކަށް އޭނާ ކައިރިން ހުއްދަ ނަގަން ނުޖެހޭނެ ކަމަށް އައިޝްވާރިޔާގެ ފިރިމީހާ އަބީޝޭކް ބައްޗަން ބުނެފިއެވެ.

އަބީޝޭކް މިގޮތަށް ބުނެފައިވަނީ އޭނާގެ ޓްވިޓަރގައި އައިޝްވާރިޔާގެ ފޭންއެއް ކޮށްފައިވާ ކޮމެންޓަކަށް ރައްދު ދެމުންނެވެ. ދާދި ފަހުން އައިޝްވާރިޔާ ކުޅެފައިވާ މަނީ ރަތްނަމްގެ ޓެމިލް ފިލްމު "ޕޮއްނިޔިން ސެލްވާން 2" ޓީމްގެ ފުރިހަމަކަމާއި އަންހެނުންގެ މޮޅު އެކްޓިންގއަށް އަބީޝޭކް ވަނީ އޭނާގެ ޓްވިޓަރގައި ތައުރީފްކޮށްފައިއެވެ.

އެ ޓްވީޓްއަށް ކޮމެންޓް ކުރަމުން އައިޝްވާރިޔާގެ ސަޕޯޓަރެއް ވަނީ "އެހެންވީމާ، އޭނާއަށް އިތުރު ފިލްމުތަކުން ފުުރުޞަތު ލިބުނީމާ ދެންވެސް ހުއްދަ ދީގެން އަރާދްޔާ ބަލަން ގޭގައި މަޑުކުރާށޭ" ބުނެފައިއެވެ.

އޭގެ ޖަވާބުގައި އަބީޝޭކް ބުނީ އައިޝްވާރިޔާ ކުރާހިތްވާ ކަންކަމުގައި، ޚާއްސަކޮށް ފިލްމުގެ ކަންތައްތަކުގައި އޭނާގެ ހުއްދަ ހޯދާކަށް ނުޖެހޭނެ ކަމަށެވެ.

މި ފިލްމު ރިލީޒްވުމުގެ ކުރިން އައިޝްވާރިޔާއާއި އަބީޝޭކްއާއި ދެމެދު މައްސަލަ ޖެހިފައިވާ ވާހަކަތަކެއްވެސް މި ދޭތެރޭގައި ފެންމަތިވެގެންދިޔައެވެ. އިންޑިޔާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އަބީޝޭކްއަށްވުރެ އައިޝްވާރިޔާ މަގްބޫލުވުމުގެ ސަބަބުން އަބީޝޭކް އައިޝްވާރިޔާ ދެކެ ބައެއް ފަހަރު ހަސަދަވެއެވެ. ވަރަށް ފަހުންވެސް މި ދެމަފިރިން ހަފްލާއަކަށް ގޮސް ތިއްބާ ފޮޓޯގްރާފަރެއް އަބީޝޭކް ނުލާ އައިޝްވާރިޔާގެ ފޮޓޯއެއް ނަގަން ބުނުމުން އަބީޝޭކް ވަނީ އެތަނުން ރުޅިއައިސްގެން ނިކުމެފައިއެވެ.

އޭޕްރީލް 28 ވަނަ ދުވަހުގައި ރިލީޒްވެގެންދިޔަ "ޕޮއްނިޔިން ސެލްވާން 2"ގައި އައިޝްވާރިޔާއާއިއެކީ ވިކްރަމް، ޖަޔަމް ރަވީ، ޓްރީޝާ ކްރިޝްނަން އަދި ސޯބިތާ ދުލިޕާލިއާ ފަދަ ދެކުނު އިންޑިޔާ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިން އިސް ރޯލްތަކުގައި ހަރަކާތްތެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    ކަލޭމެނަކީ ދައްޔޫދުން ! ކަލޭމެން ކައިރިން ތިޔަފަދަ އަންހެނުން އެއްކަމެއްގެ ހުއްދަ ހޯދާކަށްވެސް ނުޖެހޭނެ !ތިޔައީ އަބިން ވިއްކައިގެން އުޅޭ ބައެއް !

    9
    1