އއ. ތޮއްޑޫއަށް އުފަން އުމުރުން 26އ.ގެ އަލީ އާޒިމް (ޒިމް) އަކީ އައު މޫނެއް ނޫނެވެ. އެއީ އެތައް ފަންނަކުން މަޝްހޫރުކަން ހޯދާފައިވާ ކުޅަދާނަ، ގާބިލް އަދި ޒުވާނެކެވެ. އެކި ރޮނގުރޮނގުން ކުރިއަށްދާން ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހުރި ލާމަސީލު ނަމޫނާއެކެވެ. ހަގު އުމުރުން ފެށިގެން ކުލަފިއްސަކާއި، ކުޑަ ކުރަހާ ފޮތަކާއި އެކު ޒިމް ފެށި ފަންނުވެރިކަމުގެ ދަތުރު ވަރަށްވެސް ކާމިޔާބެވެ.

ޒިމްއަކީ 300 ބައިވެރިންނާއެކު ރާއްޖޭގައި ފަންނުވެރިކަން ކުރުއެރުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ މިއުސްއިން ކުރިއަށް ގެންދިޔަ ބައިނަލްއަގްވާމީ ކުރެހުމުގެ މުބާރާތުން ފަހުރުވެރި އެއްވަނަ ހޯދި ކުރެހުންތެރިޔާއެވެ. މިއާއެކު ޒިމްއަކީ މޮޅު ކުރެހުންތެރިއެއްކަން އަނެއްކާވެސް ގިނަބަޔަކަށް އެނގިގެންދިޔައެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ބޭއްވި މި ވަރުގަދަ މުބާރާތް ކާމިޔާބުކުރުމަށް ފަހު ވެސް އެންމެ ހިނދުކޮޅަކަށްވެސް ކުލަ ފިއްސާއި ދުރަށް ދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެ މުބާރާތަށް ފަހު އާއިލާ އާއި ރަހްމަތްތެރިންވެސް ތިބީ އަދިވެސް ޒިމް އެފަދަ ކާމިޔާބީތައް ހޯދާނެކަމުގެ ފުރިހަމަ ޔަގީންކަމާއެކު އެވެ. ޒިމްް ކިޔައިދިން ގޮތުގާ ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ޑިމަކްރަސީ ދުވަހާއި ގުޅުވައިގެން ބޭއްވި މުބާރާތުގައި ބައިވެރިވުމަށް ވެސް އެންމެ ބޮޑު ހިތްވަރަކަށް ވެގެން ދިޔައީ އެ ފަރާތްތަކުގެ އުންމީދާއި، ހިތްވަރެވެ.

"ވީގޮތަކީ މިއަހަރު ބޭއްވުނު ވޭންގޯ ތީމް އާޓް އެގްޒިބިޝަންގައި ބައިވެރިވެގެން އެއްވަނަ ލިބުނު ފަހުން ރައްޓެހިންވެސް އަދި އާއިލާ މީހުންވެސް އެކަހަލަ އާޓިކަލްއެއް ނޫނީ ޕޯސްޓެއް ފެނުނަސް ފޮނުވާލާނެ. މަޖިލިސް މުބާރާތުގައި ބައިވެރިވުމަށް އެދުނީ އާއިލާ މީހަކު. އެގޮތަށް އިން އާޓިކަލްއެއް ފޮނުވާލާފަ ބުނީ މީގަވެސް ބައިވެރިވާންވީ ނޫންހޭ" އާޒިމް ކިޔައިދިނެވެ.

ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ޝިޔާރަކީ "ރައްޔިތުންގެ ވެރިކަން، ރައްޔިތުންގެ މަޖިލީހުގެ ދައުރު" އެވެ. ރައްޔިތުންގެ މަޖިލީހުން މި މުބާރާތުގައި ކާމިޔާބީއާއި ހަމައަށް ވާސިލްވާނެކަމާއި މެދު މާބޮޑު އުންމީދެއް ނެތް ނަމަވެސް ހިތްވަރާއި އެކު ކާމިޔާބީ އާއި ހަމައަށް ވާސިލްވުމަށް ބުރަ މަސައްކަތްތަކެއް ކުރިއެވެ. މިއީ މީގެ ކުރިން ކުރަހާފައިވާ ކުރެހުންތަކާއި އެއްވެސް ގުޅުމެއް ނެތް ޝިޔާރެއް ކަމަށް ޒިމް ބުންޏެވެ.

ކުރެހުމުގެ މުބާރާތުގެ މުޅި މުބާރާތުން 1 ވަނައަށް ހޮވުނު ޒިމްގެ ކުރެހުން

އާޒިމް އަކީ އޭނާ ކިޔައިދިން ގޮތުގައި ސިޔާސީ މަޝްރަހާއި، ރައްޔިތުންގެ މަޖިލީހުގެ ކަންކަން މާބޮޑަށް ދަންނަ މީހެއް ނޫނެވެ. އެ ދާއިރާއަށް ފުރިހަމަ ކުރެހުމެއް ތައްޔާރުކުރުމަށް އެންމެ ފުރަތަމަވެސް އޭނާ ރިސާޗްކޮށް މައުލޫމާތުތައް އޮޅުންފިލުވިއެވެ.

"އެއްވެސް ވަރަކަށް ޕޮލިޓިކްސް ނޫނީ މަޖިލީހުގެ ކަންތައްތައް ނޭނގޭތީ، ޓޮޕިކާ ބެހޭ ގޮތުން ފުރަތަމަވެސް ވަރަށް ދިރާސާކުރިން" އާޒިމް ބުންޏެވެ.

އެންމެ ފުރަތަމަ ޒިމް މަސައްކަތް ކުރީ މަޖިލީހުގެ ދައުރުތައް ދެނެގަތުމަށެވެ. އެގޮތުން އިންޓަނެޓާއި އެހެނިހެން މައުލޫމާތު ލިބޭނެ ބައެއް ވަސީލަތްތައް މެދުވެރިކޮށްގެން ކުރި މަސައްކަތުގެ ތެރެއިން ސުލްތާން އިބްރާހިމް ފަރީދް ދީދީ ރަސްކަމަށް އިސްވުމުގެ ކުރިން 1954 ވަނަ އަހަރުން 1959 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވިކަން އެނގުނުކަމަށާއި، އެއީ ރައްޔިތުންގެ މަޖިލީހުގެ ފެށުން ކަން ޒިމް ފާހަގަކުރިއެވެ.

ޒިމްގެ ކުރެހުމުގައި ރައްޔިތުންގެ ވެރިކަން، ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށްވެސް ފުރިހަމައަށް ގެނެސްދީފައި ވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކުރެހުމުގެ ވާތް ފަރާތުން ފެންނަނީ ފަރީދު ދީދީ އެވެ. އެއަށް ފަހު އޭރުގެ ރައްޔިތުންގެ މަޖިލިސް އިދާރާއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މަތިން ފެންނަ އުދުހޭ ދޫނިތައް ރަމްޒުކޮށްދެނީ މިނިވަންކަމެވެ. އަދި އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި އަމަލުކުރެވެން ފެށުނު ގާނޫނުގެ ބަނޑޭރިގަނޑުވެސް ކުރެހުމުގެ ވާތް ފަރާތުން ފެނެއެވެ.

ކުރެހުމުގެ މުބާރާތުގެ މުޅި މުބާރާތުން 1 ވަނައަށް ހޮވުނު ޒިމްގެ ކުރެހުން

ކުރެހުމުގެ ދާދި މެދަށްވާ ގޮތަށް ފެންނަނީ 1995 ގައި ރައްޔިތުންގެ މަޖިލީހުގެ މަންޒަރެކެވެ. އެއަށް ފަހު މިހާރުގެ މަޖިިލިސް އެތެރޭގެ މަންޒަރެކެވެ. ކުރެހުމުގެ މެދުން ތިރިއަށް ވާގޮތަށް ފެންނަ ތިން ފޮތަކީ ދިވެހިރާއްޖޭގެ ގާނޫނުތައް ބަދަލުވެ އިސްލާހުވެގެން އައި ގޮތް ރަމްޒުކޮށްދޭ ކުރެހުމެކެވެ. ފޮތްތަކުގެ މަތީގައިވާ މުގުރުބުރިން ރަމްޒުކޮށްދެނީ އިންސާފެވެ.

އެއަށް ފަހު ދެން ފެންނަނީ މިހާރުގެ މަޖިލިސް އިދާރާގެ ތަސްވީރަކާއި، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ތަސްވީރެކެވެ.

"މިއީ ގާތްގަނޑަކަށް 15 ދުވަހުގެ މަސައްކަތެއް. އޮގަސްޓު 10 ވަނަ ދުވަހު ކުރެހުމުގެ މަސައްކަތް ފެށީ. މުއްދަތު ހަމަވުމުގެ ކުރިން ނިންމާލެވުނު" ޒިމް ބުންޏެވެ.

ކުރެހުމުގެ މުބާރާތުގެ މުޅި މުބާރާތުން 1 ވަނައަށް ހޮވުނު އާޒިމްއަށް ލިބުނު އެވޯޑް

ޒިމް ބުނި ގޮތުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ދައުވަތު ފޮނުވީ ބުދަ ދުވަހު އެވެ. އެހެން ނަމަވެސް އެއީ މުބާރާތުން ވަނައެއް ލިބިގެންކަން ނޭނގޭ ކަމަށާއި، މުޅި މުބާރާތުން އެއްވަނަ ލިބުމުން ސަޕްރައިޒްވިކަމަށް އޭނާ ބުންޏެވެ.

މިވަގުތު ޒިމް ހުރީ ވަޒީފާއިން ކުޑަ ބްރޭކެއްގައެވެ. އޭނާ ދަނީ ކުރެހުމުގައި ލިިބޭ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށް ދަމުންނެވެ. އިންސްޓަގްރާމް މެދުވެރިކޮށް އޭނާއަށް މެސެޖްކޮށްގެން، އޭނާ ލައްވާ ކުރެހިދާނެއެވެ.

ޒިމް މިހާރު ކުރާ މިފަދަ މަސައްކަތްތަކުގެ ތެރޭގައި ތުއްތު ކުދިންނަށް ހާއްސަކޮށް ވޯލް ޕެއިންޓިންގ ހިމެނެއެވެ. އޭގެ އިތުރުން ޓީޝާޓް ފަދަ އެއްޗެހީގައިވެސް ކުރެހުމުގެ މަސައްކަތް ވެސް ކުރެއެވެ.

ޒިމްގެ އިންސްޓަގްރާމްގައިވެސް އޭނާގެ އެތައް މަސައްކަތެއްގެ މަންޒަރުތައް ފެނިގެން ދެއެވެ. ކޮންމެ މަސައްކަތެއްވެސް ތަފާތެވެ. ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެން ދެއެވެ. ބައެއް މަސައްކަތްތައް ފެނިފައި އަޖައިބާވަރުވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙަނދުކޭތަ

    ލާދީނީ ނަސީދު ތި ކުރެހުމުގަ އިނީމަ ވަނަލިބޭނެދޯ އެހެންވެ ޗަކޮއެ އެބުރާންތި ހިމަނައިގެން ކުރަހާފަތީނި ވަނަހޯދަން ޕަކާސް

    34
    4
    • ގުބޯ

      މިގައުމުގަ އުފެދުނު ފިރުއަނު ފެންނަން ހުރީމަތަ ތިކުރެހުން ހޮވުނި ކިތަންމެ ރީތި ތަސްވީރެއް ދައްކަން އުޅުނަސް ތީ އަބޫޖަހުލަށްވުރެ ނުބާ ހައިވަނެއް ލާދީނީ ޔަހޫދީ ހަންފްތުރްން އުޅޭ އެޖެންޓެއް J ު

  2. ޖޯކު

    ވަޓް އަ ޖޯކް. ތި ޝިޔާރަކާ ކުރެހުމާ އެއްވެސް ގުޅުމެއް ނެތް.

    35
    3
  3. ށުމަން

    ޜަބިޝް!!!

    21
    2
  4. ރ

    ރަބިޝް. ޓްރޫލީ ރަބިޝް ޑިމޮކުރަސީ ނުދަންނަ ބުއްޅަބޭ

    19
    3
  5. Anonymous

    ނަޝީދަކީ މިގައުމުގެ ޑިމަކްރަސީ ކައިގެން ބޮއިގެން ހުރި ބޮޑު ވަޒީރު..😜

    16
    1
  6. ޙަަަހަ

    ހެހެހ ޑިމޮރަސީގައި ކޮއްކޮ ކުށްވެރި ނުކުރިމީހެއްގެ ފޮޓޯ ޖަހާގެން ވަނައަކަށް ދިޔާމަ ސިޔާސީވެފަ ތިއޮތީ

    19
    2
  7. Anonymous

    އަންނިގެ ފަހަރިކޮއި ކުރެހިނަމަ ވަރަށްސަޅިވީސް!!

    16
    2
  8. Anonymous

    ތިފޮޓޯއިން ފިރުއައުނާއި ހާމާނު ފެންނާތީ ކަމަކުނުދޭ!!

    15
    2
  9. އަޙްމަދް

    އުޑުގެ ދަށުގައިވާ ހުރިހާ ނުބައި ނުލަފާ ކަމެއް އެ ނިޒާމެއްގެ ތެރެއަށް ޖަމަޢަވެފައިވާ
    ޝައިޠާނީ މުޑުދާރު ނިޒާމެއް ޑިމޮކްރެސީއަކީ.