ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ، އަދި އެކްޓަރ ވިކީ ކައުޝަލް ޝޭވްކޮށްގެން ހުންނަން ފޭނުން ބޭނުން ނުވާ ކަމަށް ބުނެފިއެވެ.

އޭނާ މިހާރު އަންނަނީ މެގްނާ ގުލްޒާރާ އެކު "ސޭމް ބަހާދުރު" ގެ ޝޫޓިން ކުރިއަށް ގެންދަމުންނެވެ. އޭގެ ޝޫޓިންގއަށް އޭނާ ވަނީ ތުނބުޅި އާއި މަތިމަސް އެއްކޮށް ބާލާފައެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

އަދި ކެޓްރީނާއާއެކު ރޭ ރަމޭޝް ތައުރާނީގެ ދިވާލީ ޕާޓީގައި ބައިވެރިވެ، އާ ފޮޓޯތަކެއް މިއަދު އޭނާ އިންސްޓަގްރާމް އަށް ދޫކޮށްލާފައިވާއިރު، އޭނާގެ "ކްލީން ޝޭވް" ލުކް އަށް ސަޕޯޓަރުންގެ ތަރުހީބެއް ނުލިބުނެވެ. ސަޕޯޓަރުންނަށް އޭނާ ފެނުނު ގޮތުން ވީ މާޔޫސް އެވެ.

އެގޮތުން ގިނަބަޔަކު ވަނީ ވިކީ މަތިމަސް ބާލައި، އަދި ތުނބުޅި ބާލާފައި ހުރުމުން ކަމުނުދާ ކަމަށް ބުނެފައެވެ. އަދި އެއްބަޔަކު ވަނީ އޭނާ އެކަން ނުކުރުމަށް އެދި ޕެޓިޝަނެއް ހަދަން ބޭނުންވާ ކަމަށް ބުނެފައެވެ.

ވިކީ އަކީ މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ފަންނާނެކެވެ. އޭނާ ކެޓްރީނާ އާއި ކައިވެނި ކުރި ފަހުން، މާ ބޮޑަށް މަގުބޫލުވެއްޖެ ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ.