ދިރިއުޅުމުގައި ބުރަ މަސައްކަތް ކުރާ ފަރާތްތަކަކީ ހަޔާތުގެ ކޮންމެ ވެސް ހިސާބަކުން އަގުބޮޑު މުދާ ގަންނަން ބޭނުންވާނެ ބައެކެވެ. އެކަން ކުރުމަށް ލިބޭ އާމްދަނީ އެއްކޮށް ރައްކާ ކުރާ މީހުން ވެސް ތިބެއެވެ. ނަމަވެސް ލިބޭ އާމްދަނީން ކުރަން ޖެހޭ ހަރަދުތައް ކުރުމަށްފަހު، ބާކީ އޮންނަ "ވަކި ލާރިން" އަގު ބޮޑު މުދަލެއް ގަނެލެވޭނެ ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެވެ.

އެގޮތަށް އެކަމަށް ގަބޫލު ނުކުރާ ފަރާތްތަކަށް އިންޑިއާގެ އައްސާމުގެ ކުޑަ ވިޔަފާރިވެރިއަކު ވަނީ އެކަން އެގޮތަށް ކުރެވިދާނެކަން ދައްކާފައެވެ.

ސުރަންޖަން ރޯއި ނަމަކަށް އެ ފިރިހެން މީހާ ވަނީ ކުޑަ ވިޔަފާރިއެއް ހިންގަމުން ދިރިއުޅުމުގައި އަބަދު ވެސް އޭނާ ގަންނަން ބޭނުންވާ "ސައިކަލެއް" ގަނެފައެވެ. އޭނާ ސައިކަލެއް ގަތުމުން ގިނަ ބަޔަކަށް ހައިރާން ކަމެއް ނުލިބުނު ނަމަވެސް، އެކަމުން ހައިރާން ކަމެއް ލިބިގެން ދިޔައީ "ވަކި" ލާރިން އޭނާ ސައިކަލު ގަތުމުންނެވެ.

އޭނާ ސައިކަލު ގަންނަން ދިޔަ ތަނުގެ މީހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާ އެތަނަށް ދިޔައީ ސައިކަލެއް ގަންނަ ކަމަށާއި އެތަނަށް ގޮސް ސައިކަލުގެ އަގު ބަލައި، އެވަރަށް ވަކި ލާރި ތިބި ކަމަށް ބުނެފައިވާ ކަމަށެވެ.

އެފަރާތްތަކުން ބުނީ، އޭނާ އަތުގައި އެހާ ބައިވަރު ވަކި ލާރި ތިބުމުން އެންމެން ވެސް ތިބީ ޝޮކެއްގައި ކަމަށާއި އޭނާ ވަކި ލާރިން 50،000 ރުޕީސް ގެންދިޔަ ކަމަށެވެ.

ވަކި ލާރި އެހާ ގިނައިން ތިބުމުން އެތަނުގެ ވެރި މީހާއާއި ވާހަކަ ދައްކައި އޭނާއަށް ސައިކަލު ވިއްކުމަށް ނިންމި ކަމަށް އެތަނުން ވަނީ ބުނެފައެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ސުރަންޖަން ބުނެފައިވަނީ އެއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ސައިކަލެއް ގަތުމުގެ ބޭނުމުގައި އޭނާ އެއްކޮށްފައިވާ ފައިސާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތިބުން

    ވަކިލާރި ކޮންތާކުތަ ތިބީ. ވަގުތު އޮފީސް ތެރޭގަތަ

  2. އަޖައިބު

    ނޫސްވެރިޔާ ފިވެހި ކިޔެވީ ބަގްގާޅުންތޯ؟

  3. ކިހާ

    ފުރާނަ ހުރި އެއްޗެއްތަ ވަކި ލާރި އެއީ

  4. އެދުރުބޭ

    ވަކިލާރި ތިބުމުން މިޚަބަރު ލިޔުނީ ބަންގާޅީ އެއްބާ

  5. ޢާލް

    ނޫސްވެރިންވެސް މިއަށްވުރެ ޒިންމާދާރު ވާން ވާނެ ދޯ..!