ދުވާލެއްގެ މައްޗަށް ކިވީއެއް ކެއުމުން ލިބޭ ފައިދާތައް ބަލަން ބޭނުން ހެއްޔެެވެ؟ ކިވީ މޭވާ އަކީ ޗައިނީޒް ގުސްބެރީ ގެ ނަމުން ވެސް މަޝްހޫރު މޭވާއެކެވެ. ކިވީ އަކީ ވަރަށް ހިތްގައިމު އަދި މަލްޓިވިޓަމިން، އެންޓިއޮކްސިޑެންޓްސް އަދި މިނަރަލްސް އެކުލެވިގެންވާ މީރު މޭވާ އެކެވެ. އަދި ކިވީގެ ތެރޭގައި ވިޓަމިން ސީ، ވިޓަމިން އީ އާއި ކޭ ހިމެނޭއިރު، މިއީ ކެލޮރީސް މަދު މޭވާއެކެވެ.

މި ކުޑަ މޭވާގެ ސަބަބުން ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބިގެންދާއިރު، މިއީ އެކި ގޮތްގޮތަށްވެސް ބޭނުން ކުރެވިދާނެ މޭވާއެވެ. އެގޮތުން ހުހާވެސް މި މޭވާ ކެވިދާނެ އެެވެ. ނޫނީ ކިވީ ބޭނުންކޮށްގެން ސްމޫތީއެއްވެސް ހެދިދާނެއެވެ.

ކިވީއަކީ ސިއްހީ އެކި މައްސަލަތައް ރަނގަޅު ކުރުމަށް އެހީވެދޭ މޭވާއެއް ކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ.

އެހެންކަމުން ދުވާލެއްގެ މައްޗަށް ކިވީއެއްް ކެއުމުން ލިބޭ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

1- ކާޑިއެކް ހެލްތަށް ރަނގަޅު މޭވާއެއް: ހިތުގެ ބަލިތަކާއި، ލޭގަނޑުވުން އަދި ކުއްލިއަކަށް ހާޓް އެޓޭކް ޖެހުމަކީ ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު މަރުވާ މައިގަނޑު މައްސަލަތަކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކިވީއެއް ކާށެވެ. ކިވީ ގަވާއިދުން ކެއުމުން ހަށިގަނޑުގައި ލޭ ގަނޑުވުން 18 އިންސައްތައަށްވުރެ ދަށްވެ ހިތުގެ ދުޅަހެޔޮކަން އިތުރު ކޮށްދޭނެއެވެ.

2- އަސްތަމާއަށް ފަރުވާއެއް: ގިނަ އަދަދަކަށް ވިޓަމިން ސީ އާއި އީ ހުންނަ ބާވަތްތަކަކީ ނޭވާލާ ނިޒާމުގެ މަސައްކަތްތަކަށް އަދި އަރިދަފުސް ރޯގާއަށް ފަރުވާ ކުރުމަށް ފައިދާހުރި ބާވަތްތަކެވެ. އެހެންކަމުން ގަވާއިދުން ކިވީ ކާށެވެ. އެއީ އަރިދަފުސް ރޯގާ އާއި ނޭވާހިއްލުން ފަދަ ކަންކަމަށް ފަރުވާ ދިނުމަކީ ސާބިތުވެފައިވާ ނަތީޖާތަކެކެވެ.

3- އިމިއުނިޓީ ވަރުގަދަކުރުން: ކިވީ ކެއުމުން އޮކްސިޑޭޓިވް ސްޓްރެސް ކުޑަކޮށްދީ، ދިފާއީ ނިޒާމުގެ އެޑަޕްޓިވް ފަންކްޝަންތައް އިތުރުކޮށް، މުޅި ހަށިގަނޑަށް ރައްކާތެރިކަމުގެ އައްޑަނައެއްގެ ގޮތުގައި މަސައްކަތް ކުރަން އެހީވެއެވެ.

4- ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މެނޭޖްކުރުމަށް އެހީއެއް: ކިވީ އަކީ ހަކުރު ބަލީގެ މީހުންނަށް އެންމެ އެކަށީގެންވާ މޭވާއަކަށް ވާ ސަބަބަކީ ގްލައިސެމިކް ކޮމްޕައުންޑް މަދުވުމެވެ. އަދި މިއީ ލޭގަ ޕްރެޝަރުވެސް ދަށްކޮށްދޭ މޭވާއެކެވެ.

5- ހަންގަނޑަށްވެސް މިއީ ފަރުވާއެއް: ކިވީއަކީ ހަންގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމުގެ ކުޅަދާނަ މޭވާއެކެވެ. ކިވީގައި އެކުލެވިގެންވާ ތަފާތު އެންޓިއޮކްސިޑެންޓްތަކާއި ފެނާއި ވިޓަމިން ސީ އާއި އީ އެކުލެވިގެންވާ މާއްދާތަކުގެ ސަބަބުން ހަމުގެ ދުޅަހެޔޮކަމާއި ކޮލިޓީ އަށް މަގުފަހިކޮށްދެއެވެ.