އެޕަލްގެ ފައުންޑަރު ސްޓީވް ޖޮބްސް ބޭނުން ކުރެއްވި ފައިވާނެއް 218،750 ޑޮލަރު ނުވަތަ 3.3 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގުގައި ވިކިއްޖެ އެވެ.

މިއީ ފައިވާނެއް ނީލަމެއްގައި ވިއްކާލި އެންމެ ބޮޑު އަގުކަމަށް ވެއެވެ.

ސްޓީވް ޖޮބްސް ބޭނުން ކުރެއްވި ފައިވާނަކީ 1970ގެ އަހަރުތަކުގެ ތެރޭގައި އޭނާ ބޭނުން ކުރެއްވި ފައިވާނެކެވެ.

ފައިވާން ނީލަންކީ ޖޫލިއާން އޮކްޝަންސް ހައުސްއިން ބުނީ އެ ފައިވާނުން ލިބޭނެކަމަށް ފުރަތަމަ އަންދާޒާކުރީ 60،000 ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް އަގުތައް އަރަމުން ގޮސް ފައިވާން ވިއްކާލީ 218،750 ޑޮލަރަށެވެ.

އެ ފައިވާނުގައި ސްޓީވް ޖޮބްސްގެ ފައިތަލަ ވެސް ކޮންމެވެސް ވަރަަކަށް އެނގެން ހުރެއެވެ. އެ ފައިވާން އެތައް ދުވަހެއް ވަންދެން އޭނާ ބޭނުން ކުރިއެވެ.

މީގެ ކުރިން ވެސް މަޝްހޫރު މީހުން ބޭނުންކޮށްފައިވާ ތަކެތި ވަރަށް ބޮޑެތި އަގުތަކުގައި ނީލަމުގައި ވިއްކާލައިފައި ވެއެވެ.

ސްޓީވް ޖޮބްސް އަދި ސްޓީވް ވޮޒްނިއެކް އެޕަލް އުފެއްދީ 1976 ވަނަ އަހަރު އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ސްޓީވްގެ މައިންބަފައިންގެ ގެއެއްގަ އެވެ. އެ ގެއަކީ ތާރީހީ ލޭންޑްމާކެއްގެ ގޮތުގައި ކަނޑައެޅީ 2013 ވަނަ އަހަރު އެވެ.

ސްޓީވް ޖޮބްސް މަރުވީ 2011 ވަނަ އަހަރު ޕެންކްރިއޭޓިކް ކެންސާ ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށެެވެ.

ސްޓީވް ޖޮބްސް ހިންގުމުގެ ދަށުން ނެރުނު އެންމެ ފާހަގަކޮށްލެވޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި އައި ފޯނާއި، އައިޕެޑް އަދި އެޕަލް ވޮޗް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަނު

    ބުއްދިފިލާދިޔައި ތޯއްޗެއް...

    8
    1
    • ކަނޔޭ

      ޢޭ މޮޔަޔާ، ދުނިޔެއައް ފާހަގަ ކުރެވޭ އީޖާދީ ހިދުމަތް ކޮއްދީފަހުރި މީހުން ހިފައި ގެންނުޅުތަކެތީގެ އަގު ހުންނާނެ. ތިކަހަލަ މަރުމޯލެއް ނޫން ސްޓީވް ޖޮބްސް އަކީ. ކޮންމެސް ވަރައް ފޮތްކިޔާ ތަހުޒީބުވެބެޔަ!

  2. Anonymous

    ތީ ގަންނަ ވަރުގެ އެއްޗެއް ނޫން. ތިއަށްވުރެ ރީތި ފައިވާން ކުނިގޮނޑުގައި ވެސް އެބަހުރި.

    5
    1