ޔަހޫދީންނާ ދެކޮޅަށް މަޝްހޫރު ރެޕާ، ކާންޔޭ ވެސްޓް ދެއްކި ވާހަކަތަކަށް ފަހު ވިޔަފާރީގައި އިންތިހާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އޭނާގެ އަގު ބޮޑެތި ކާރުތައް ވިއްކާލަން ނިންމައިފިއެވެ.
ކާންޔޭއަކީ ކުރިން ބިލިއަނަރެއް ނަމަވެސް އޭނާގެ މިލްކިއްޔާތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ޔަހޫދީންނާ ދެކޮޅަށް ދެއްކި ވާހަކަތަކާ ގުޅިގެން މަޝްހޫރު އެޑިޑާސް ކުންފުނިން ވެސް ކާންޔޭއާ އެއްކޮށް ވަނީ ގުޅުން ކަނޑާލައިފައެވެ. އެއާއެކު އެތައް މިލިއަން ޑޮލަރެއް ކާންޔޭއަށް ގެއްލުންވާނެއެވެ.
އޭގެ އިތުރުން އެތައް ސްޕޮންސާތަކެއް ވެސް އޭނާ އަށް ވަނީ ގެއްލިފައެވެ.
އެކަމާ ހުރެ އޭނާގެ މިލްކިއްޔާތުން ބިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ.
އެހެންވެ ހަރަދުތައް ފޫބައްދަން އަގު ބޮޑެތި ކާރުތައް ވެސް ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެެވެ. އޭގެ ތެރޭގައި ލަމްބޯގިނީ އަދި ބުގަޓީ ފަދަ މަޝްހޫރު ކާރުތައް ހިމެނެއެވެ.
ކާންޔޭ ދަދި ފަހުން ވަނީ އޭނާއަކީ ޔަހޫދީންއާ ދެކޮޅަށް ބޮޑު ގަތުލު އާންމު ހިންގެވި ޖަރުމަނުގެ ކުރީގެ ވެރިޔާ އެޑޮލްފް ހިޓްލަރުގެ ސަޕޯޓަރެއް ކަމަށް ވެސް ބުނެފައެވެ.
ކާންޔޭ ޔަހޫދީންނާ ދެކޮޅަށް ދެއްކި ވާހަކަތަކާ ގުޅިގެން ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އަދި އެމެެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ އޭނާގެ ވާހަކަތައް ކުށްވެރިކުރައްވައިފައެވެ.
ކާންޔޭއަކީ މީގެ ކުރިން ވެސް ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުން ދިޔަ މީހެކެވެ. ހާއްސަކޮށް ކާންޔޭއަކީ ކަޅު ނަސްލުގެ މީހަކަށް ވެފައި އޭނާ އެ ނަސްލުގެ މީހުންނާ ދެކޮޅަށް ދައްކާ ވާހަކަތަކަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވެއެވެ.
ޔަހޫދީންނާ ދިމާލައް މިކަލޭގެ ހެއްދެވި ނެހެއްދެވިއައް ގޮވާފަހުރިއްޔާ މިކަލޭގެ އަކީ މުސްލިމަކައް ވާނީ.
ކޮށި ދަނޑު ގެއްލި ކަތިވަޅި ގެއްލި މަރިޔަބުވެސް ގެއްލުނީ. އެންމެ ފުރަތަމަ ވިއްކާލީ އަންހެނުން ދޯ. އެވެސް މޯކުޅިކުޅެންވެގެން
މިދިވެހި ގައުމުގަވެސް އުޅޭތިޔާގެ މީހެއް.