އެކަކު އަނެކަކަށް ހެޔޮނިޔަތާއިއެކު ކަމެއް ކޮށްދެވުމުން އަހަރަމެންގެ ހިތައް އުފާވެރިކަން ލިބެއެވެ. އެއީ ކިތަންމެ ކުޑަ އެއްޗަކަށްވިޔަސް މެއެވެ. މި ކަހަލަ ވީޑީއޯ ތަކާއި ފޮޓޯތަކަކީ އަހަރެމެންނަށް ފެނުމުން އުފާވެރިކަންވެރިކަން ގެނުވާ މަންޒަރުތަކެކެވެ. ދާދިފަހުން މީގެ ވީޑިއޯއެއް ވަނީ އިންޑިޔާގައި ނަގާފައެވެ.

އިންޑިޔާގެ ކެރެލާގައި އުޅޭ ބަސް ޑުރައިވަރެއް ދެ ކުއްޖަކާއި އެކީ ނަގާފައިވާ ވިޑިއޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. މި ވީޑިއޯއިން ފެނިގެންދަނީ ބަސް ޑްރައިވަރުއިން ބަހުގެ ދޮރު ދެކުދިން ހުޅުވާލާ މަންޒަރެވެ. ދޮރު ހުޅުވާލުމުން ޑްރައިވަރ ވަނީ އެ ކުދިންނަށް ކާބޯތަކެތި ދީފައެވެ. ވީޑީއޯ ނިމޭއިރު ފެންނަނީ ދެކުދިންގެ މޫނުމަތިން ހިނިތުންވުމަކާއިއެކު އަތް ހޫރުވާލާ މަންޒަރެވެ.

އިންސްޓަގްރާމްގައި އިން އެ ވީޑިއޯގެ ކެޕްޝަންގައި ބުނެފައިވަނީ އަހަރެމެން ދިރިއުޅުމުގައި އެތައް ބަޔަކާއި ދިމާވާނެކަމަށެވެ. މި ދިރިއުޅުމުގައި އުނދަގޫ އެތައް ހަރުފަތްތަކެއް ހުރަސް ކުރަން ޖެހޭއިރު ބަނޑުހައިހޫނުކަމަކީ އެންމެ ބޮޑުއެއް ކަމެވެ. އަހަރަމެންނަށް މި އުނދަގުލުން ސަލާމަތްވުމަކީ ހާދަ ބޮޑު ނިއުމަތެކެވެ. ބަނޑުހައިހޫނުކަމަކީ ކޮބައިހެއްޔެވެ؟ އެއީ އަހަރަމެންނަށް ދެއްވާ ނިއުމަތްތަކަށް އިތުރަށް ބޭނުންވެގެން އުޅެ ލިބިފައިވި ނިއުމަތް ހަނދާން ނައްތާލުމެވެ.

 

View this post on Instagram

 

A post shared by favaseeeyy!! (@_fazx._)

މި ވީޑިއޯ ބެލުމަށްފަހު އެތައް ބަޔަކު ވަނީ ކޮމެންޓްކޮށްފައެވެ. އެކަކު ބުނެފައިވަނީ އަހަރެން އެއްފަހަރު ދުވެލަން ދިޔައިރު ކުއްޖަކު ދެކުނީމެވެ. އެކުއްޖާގެ އަތުގައި ލާނެ ރީތި ހެދުމެއް ނެތުމުން ވަރަށް އަހަރެން ދެރަވިއެވެ. އަނެކަކު ބުނެފައިވަނީ އަހަރެމެންނަށް މި ބެލުމުގައި ހުންނަ ފޯރި އެ ކަހަލަ އަމަލެއް ކުރަން ހުންނަނަމަ ހާދަ ރަނގަޅުވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު