މިސް ޔުނިވާސް މުބާރާތުގައި މި ފަހަރު ބައިވެރިވި ތައިލެންޑްގެ ރީތީގެ ރާނީ އަނާ ސުއެންގަމް ރިސައިކަލް ކޮށްފައިވާ ތަކެތިން ހަދާފައިވާ ހެދުމެއް ލުމުން ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

އަނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އެ ހެދުން ލީ ސަބަބު ވެސް ބުނެދީފައި ވެއެެވެ.

އޭނާ ބުނީ އޭނާގެ މައިންބަފައިންނަކީީ ކުނި އުކަން އުޅުނު މީހުން ކަމަށެވެ. އަދި މިސް ޔުނިވާސްގައި ރިސައިކަލް ކޮށްފައިވާ ތަކެތިން ހަދާފައިވާ ހެދުމެއް ލީ އެތަކެއްޗަކީ އަގެއް ނެތް ތަކެތި ކަމަށް ބަޔަކު ދެކުނު ނަމަވެސް އެއީ އޭގެ ވެސް އަގެއް އޮވެ އަދި ރީތިކަމެއް ވެސް އޮންނަކަން އަންގައިދޭން ކަމަށް ބުނެފައިވެއެވެ.

އޭނާގެ ހެދުން މައިގަނޑު ގޮތެއްގައި ހަދާފައި ވަނީ ސޮފްޓް ޑްރިންކް ދަޅުންނެވެ.

ކުނިން ހަފާއިވާ ހެދުމަށް އަނާ ލިއިރު އޭނާއާ ދިމާލަށް "ކުނީގެ ރާނީ" އޭ ކިޔައި ބައެއް މީހުން މަލާމަތްވެސް ކޮށްފައި ވެއެެވެ.

އަނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފ އެވެ. އޭނާގެ ޕޯސްޓަށް 150،000 އަށް ވުރެ ގިނަ ލައިކްވެސް ލިބިފައި ވެއެވެ.

އަނާއަށް ވަނީ މިސް ޔުނިވާސްގެ ޓްރާންސްފޯމޭޝަނަލް ލީޑާޝިޕް އެވޯޑް ލިބިފައެވެ. ނަމަވެސް މުބާރާރުގެ 16 ފައިނަލިސްޓުންގެ ތެރޭގައި އޭނާ ނުހިމެނެއެވެ.

މި ފަހަރުގެ މިސް ޔުނިވާސްއަކަށް ހޮވުނީ މިސް އެމެރިކާ އާރު ބުނީ ގެބްރިއަލްއެވެ.

ނިމިގެން ދިޔަ އަހަރު މިސް ޔުނިވާސްއަކަށް ހޮވިފައިވަނީ އިންޑިއާއަށް އުފަން ހަރުނާޒް ސަންދޫއެވެ.