ނުނިދިގެން އެކަމުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ކުރެއެވެ. ބައެއް ފަހަރު މިކަން ދިމާވަނީ ނިދަން ގެންގުޅޭ ބާލީހެއްގެ ސަބަބުންނެވެ. އަނެއްބައިފަހަރު މިކަން ދިމާވަނީ ކާ ޑައިޓެއްގެ ސަބަބުންނެވެ. ބައެއް ހާލަތުގައި ނިދާ ކޮޓަރީގައި ދިއްލާފައި ހުންނަ ބޮތްކެއްގެ ސަބަބުންވެސް ނިދުމަށް އުދަގޫތަކެއް ކުރިމަތިވެއެވެ.

ނޫކުލައިގެ އަލި ލޮލުގެ ރެޓިނަރ އަށް އެޅުމުން ސިކުނޑީގެ މަސައްކަތް ކުރާ ހިސާބަށް ސިގްނަލްއެއް ފޮނުވާލައެވެ. އެސްސީއެން ކިޔާ މިބައިން ފޮނުވާލާާ ސިގްނަލްގެ ސަބަބުން މީހާ ލޮޑުކޮށްލާ، މީހާގެ ލޮލަށް ނިދިއާދެއެވެ. އެމެރިކާގެ ލައިޓިނިން ރިސާރޗް ސެންޓަރއިންކޮށްފައިވާ ދިރާސާއެއްގައި ދައްކާގޮތުން ނޫ ކުލައިގެ އަލީގައި ނިދާ މީހުންނަށް ސުޓްރެސްވުމުން 22 އިންސައްތަ ދުކުރުކޮށްދެއެވެ.

މީގެ އިތުރުން ނޫ ކުލައިގެ އަލީގައި ނިދުމުން ހަށިގަނޑުން އުފައްދާ މެލާޓޮނިން ނަމަކަށް ކިޔާ އެއްޗެއ އުފެއްދުމަށް ހުރަސް އަޅައެވެ. މެލާޓޮިނިން އަކީ ނިދުމަށް ހުރަސްއަޅާ މާއްދާއެކެވެ.

ލެޕްޓޮޕް ފޯނު ފަދަ ވަސީލަތްތަކަކީ އޭގެން އޮރެންޖު ކުލައިގެ އަލި ފޯރުކޮށްދޭ އެއްޗެކެވެ. މިހެންކަމުން ނިދުމުގެ ކުރިން ފޯނަށް ނުވަތަ ލެޕްޓޮޕާ ދިމާޔަށް ބެލުމަކީ ނިދިން މީހާ މަޙްރޫމްކޮށްލަފާނެ ކަމެކެވެ

ކިޔުންތެރިންގެ ހިޔާލު