އަވައްޓެރިން ފެންވަރާތަން ވަގަށް ބެލި މީހަކަށް ދައުވާކޮށްފިއެވެ. އަވައްޓެރިން ފެންވަރާތަން ސިއްރުން ބަލާފައި ވަނީ އެމެރިކާ މީހެކެވެ. މިކަމެއް ހިނގީ އެމެރިކާގެ ޓެކްސަސްގައެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އުމުރުން 48 އަހަރުގެ ބްރިއަން ނަމަކަށް ކިޔާ ފިރިހެނަކު ވަނީ އޭނާގެ އަވައްޓެރިންގެ ގެތަކުގެ ފާހާނާތަކުގައި ކުދިކުދި ކެމެރާތަކެއް ހަރުކޮށްފައެވެ. އެކެމެރާތަކަކީ ވައިފައި ކެމެރާތަކެއް ކަމަށް ވެއެވެ. ބްރިއަން ވަނީ ކެމެރާތައް ބޭނުން ކޮށްގެން އެތައް ދުވަހެއް ވަންދެން އަވައްޓެރިންގެ ޒާތީ މަންޒަރުތައް ބަލާފައެވެ.

ކެމެރާތައް ހަރުކޮށްގެން އަވައްޓެރިން ފެންވަރާ މަންޒަރު ބަލަމުން ދިޔައީ ބްރިއަންކަން ފަޅައިއެރީ ބްރިއަން ހަރުކޮށްފައި ހުރި ކެމެރާއެއް އަވައްޓެރިއަކަށް ފެނުނު ހިސާބުންނެވެ. އެކެމެރާގައި އިން އެސްޑީ ކާޑެއްގައި ބްރިއަންގެ ލަދުވެތި ވީޑިއޯއެއް ވެސް އިނެވެ. އެހެންވެ އަވައްޓެރިޔާ ވަނީ އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.

ބްރިއަން ހައްޔަރުކޮށް ފުލުހުންގެ ތަހްގީގަށް މިހާތަނަށް ވަނީ ބްރިއަން ނަގާފައިވާ ހާހަކަށްވުރެ ގިނަ މިބާވަތުގެ ވީޑިއޯ ހޯދާފައެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރުތުތަކެއްކޮށް ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ބްރިއަން ދޫކޮށްލީ އޭނާ ދިރިއުޅޭ ސަރަހައްދަށް ދިއުން މަނާ ކޮށްފައެވެ. އަދި އޭނާ އަތުން ފެނުނު ވީޑިއޯތަކުން ފެންނަ އެއްވެސް މީހަކާއި އެއްވެސް މުއާމަލާތެއް ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ.

ފުލުހުން ބުނީ ބްރިއަން މިހާރު ފުލުހުންގެ ބަންދުން ދޫކޮށްލާފައި ހުރި ނަމަވެސް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

ބްރިއަންގެ އަވައްޓެރިން ބުނީ ބްރިއަން ކުރި ކަންތައްތަކުގެ ސަބަބުން އެމީހުން އަދިވެސް ތިބީ ބޮޑު ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު