ސައުދި އަރައްބިއްޔާއަށް ނިސްބަތްވާ މަޝްހޫރު ޔޫޓިއުބަރ އަޒީޒް އަލް-އަހްމަދު މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ، ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. އޭނާ މަރުވިއިރު އުމުރަކީ 27 އަހަރެވެ.

"އަލްޤަޒްމް" ގެ ނަމުން ގިނަބަޔަކަށް އެނގޭ އަލްއަހްމަދު މަރުވުމާއި ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވަން ފަށައިފައެވެ

1995 ވަނަ އަހަރު ރިޔާދަށް އުފަންވި މި ޒުވާނާއަށް ވަނީ ޖެނެޓިކް ބައްޔަކާއި ހޯމޯނަލް ޑިސްއޯޑާއެއް ކުރިމަތިވެފައެވެ. އެކަމުގެ ސަބަބުން އޭނާއަށް ހެދިބޮޑުވުމުގެ މައްސަލަތައް ކުރިމަތިވިއެވެ.

އަލް އަހްމަދު ހޮސްޕިޓަލުގެ އެނދުގައި އޮށޯވެލައިގެން އޮތް މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް މަންޒަރުތައް އެނާ މީސް މީޑިއާގައި އާއްމުކޮށްފައި ވަނީ އަންހެނަކު އޭނާގެ ފޭނުންނަށް މެސެޖެއް ދިނުމަށް އެދުމުންނެވެ.

ޖަވާބުގައި އޭނާ ބުނީ "އަހަރެން އެމީހުންދެކެ ވަރަށް ލޯބިވާކަން އެމީހުންނަށް ބުނެދޭން ބޭނުންވޭ". އެއަށްފަހު އޭނާގެ ހާލު ރަނގަޅުތޯ އަހާލުމުން އޭނާ ބުނީ "އާނ ހާލު ރަނގަޅު" ކަމަށެވެ.

އޭނާ ވަނީ އޭނާގެ ޕްލެޓްފޯމްގައި އެތައް ލައްކަ ފޮލޯވަރުން ތިބެއެވެ، އޭގައ އޭނާ ކޮމިކް ވީޑިއޯތަކެއް ހަދައެވެ. އޭނާގެ ވީޑިއޯތައް މިލިއަނުން ބަލައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Unknown

    انا لله وانا اليه راجعون 😭😭

    40