ހދ.މަކުނުދޫ ކައިރިން ދަލެއް އޮޅި ޒަޚަމްވެފައިވާ އެންމަޑިއެއް ސަލާމަތްކޮށްފިއެވެ.

މަޑީގެ ހިމާޔަތުގައި މަސައްކަތްްކުރާ ޖަމިއްޔާއެއް ކަމަށްވާ 'މަންޓާ ޓްރަސްޓް'އިން ވަނީ އެންމަޑިއެއް ސަލާމަތްކޮށްފައެވެ. ދަލެއްގައި އޮލުމުގެ ސަބަބުން އެންމަޑީގެ އުރަހަ ވަނީ ވަރަށް ފުންކޮށް ކަނޑައިގެން ގޮސް ޒަޚަމްވެފައެވެ.

'މަންޓާ ޓްރަސްޓް' އިން އާންމުުރި ވީޑިޔޯއިން ފެންނަގޮތުގައި އެންމަޑީގައި އިން ކުޑަ އުރަހައިގައި ދަލެއް އޮޅިފައިވެއެވެ. އޭގެ ސަބަބުން އުރަހަ ވަނީ ކަނޑައިގެން ގޮސްފައެވެ. 7 ފޫޓުގެ ބޮޑު އެންމަޑި ސަލާމަތް ކުރަން އުޅުމުން އޭތި ބިރުން ދުއްވައިގަތުމަށްފަހު ވަކި ހިސާބަކުން މަޑުކޮށްލައެވެ. ޑައިވަރު ވަޅިއެއް ހިފައިގެން ގޮސް ދާ ކަނޑާލުމަށްފަހު އެންމަޑި ސަލާމަތްކުރެއެވެ.

އެޖަމިއްޔާއިން ބުނާގޮތުގައި ދާގަނޑު ވަރަށް ބޮޑަށް އޮޅިފައި އޮތުމުން އެންމަޑި ވަނީ ޒަޚަމްވެފައެވެ. އެއީ ކުޑަކުޑަ ދަލަކަށްވާތީ އެދާ ނެއްޓުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ. ދާ ކަނޑާލާފައި އެންމަޑި ސަލާމަތް ކުރަންދެން އޭތި ވަރަށް ކެތްތެރިކަމާ އެކު އެ ތަނުގައި މަޑުކޮށްލައިގެން އޮތް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ދާ އޮޅިފައި އޮތުމުން މިޔަރެއް އެންމަޑިއަށް ހަމަލާދީފައިވާ ކަމަށާއި އަނިޔާވެފައިވާ މަޑިއަށް، މިޔަރު ފަސޭހަކަމާ އެކު ހަމަލާދޭނެ ކަމަށް އެޖަމިއްޔާއިން ބުންޏެވެ. އެކަމަކު އެންމަޑިއަށް ލިބޭ ޒަހަމްތައް، ފަސޭހަވާލެއް އަވަހެވެ.

މިވީޑީޔޯއަށް ގިނަ ބައެއްގެ ތައުރީފް ލިބިފައިވާއިރު އެޖަމިއްޔާއިން އަމަލުކުރި ގޮތާމެދު ގިނަ ބަޔަކު ދަނީ އެމަސައްކަތަށް ތައުރީފްކޮށްފައެވެ.

ރާއްޖެއަކީ ދާއަޅައިގެން މަސް ބާނާ ޤައުމެއް ނޫނެވެ. އެހެންނަމަވެސް ކައިރި ޤައުމުތަކުގައި ދާ އަޅައިގެން މަސް ބާނައެވެ. އެޤައުމުތަކުގެ މަސްބޯޓުތައް ރާއްޖޭ ކަނޑުގެ ސަރަހައްދުންވެސް ވަފެނެއެވެ. ކައިރި ގައުމަކުން މަސްވެރިކަމުގައި ބޭނުން ކުރާ ދާ، ރާއްޖޭގެ ކަނޑުން ފެންނަ ކަމަށާއި އޭގެ ގެއްލުން ކަނޑުގެ ދިރުންތަކަށް ކުރާ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ވެލާކަހަނބު ވެސް، މި ގޮތަށް ކަނޑުމަތިން އޮޔާދާ ދަލުގައި ޖެހި ވަރަށް ގިނަ ފަހަރު ހައްޔަރުވެ އެވެ. އާއްމު ގޮތެއްގައި މިގޮތަށް ދަލުގައި އޮޅުމުން، އެ އެއްޗެހީގެ އުރަހަ ބުރިވެ، ފުރާނައަށް ނުރައްކާވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚަރުޒާއިީ

    ހިމާޔަތްކުރަނީ ނަމުގަ މަޑިސަލާމަތް ކުރަންނަމުގަ ވ ބޮޑައް އަނިޔާދީފަ ކަފާލާފަ އިންކަމައް ބެލެވެނީ

    1
    6
  2. ދުލި

    މީ މިމީހުން ފަންޑުހޯދަން ޖައްސާގޭމު. އޭތި ހިފަން އުޅެފަ ތިހިރީ ދާޖަހައިގެން ޓެގު ހަރުކުރަން ހަމަ ކަލޭމެން. ދެން އަނިޔާވީމަ ކޮންމެސް ގޮޮތެއް ހަދާލީ.