އިންސާނުން ހިޖުރަކުރުމާއި، ވިޔަފާރީގެ ގޮތުން ނުވަތަ މުއާމަލާތްތަކުގެ ސަބަބުން ގިނަ ފަހަރަށް ކާބޯތަކެތީގެ ވައްތަރުތައް އެކި ތަންތަނުން ލިބޭ ގޮތް ވެއެވެ. މިއީ އެކި ވައްތަރުތަކުގެ ކާނާ އެއް ރެސްޓޯރެންޓަކުން ލިބޭ ކަމެކެވެ. އެކަމަކު ބައެއް ފަހަރު މި ތަކެތި ލިބެނީ އެންމެ ބޭނުންވާ ގޮތަށް ނޫނެވެ.

މިއީ އެފަދަ ހާދިސާއެކެވެ.

މި ލިސްޓަށް އިތުރުވަނީ މެލޭޝިއާގެ ރެސްޓޯރެންޓެއްގައި އޭޝިއާގެ ނަޗޯސްގެ ގޮތުގައި ވިއްކަމުން އަންނަ އިންޑިއާގެ ޕާޕަރުގެ ވާހަކައެވެ.

މިކަމާ ގިނަބަޔަކު ހިތްހަމަ ނުޖެހިގެން ދަނީ ވާހަކަދައްކަމުންނެވެ.

ޓްވިޓާގައި ސަމަންތާ ވަނީ މެނޫގެ ފޮޓޯއެއް އަޕްލޯޑްކޮށްފައި ވަނީ "ކަލިނަރީ ދާއިރާއިން ކުރަމުންރާ ވައްކަމެއް ފެނިއްޖެ" ކަމަށް ބުނެފައެވެ.

މެލޭޝިއާގައި ހުންނަ ތަނުން އޭޝިޔާ ނާޗޯސްގެ ނަމުގައި ވިއްކަމުންދާ މީގެ އަގަކީ މެލޭޝިއާގެ 27 ރިންގްގިޓް އެވެ. އެއީ ގާތްގަނޑަކަށް 500ރުޕީސް އެވެ.

އެހެންކަމުން އަގުހެޔޮކޮށް ލިބެން ހުންނަ މި ޕާޕަރު އަގުބޮޑުކޮށް އޭޝިޔާ ނާޗޯސްގެ ގޮތުގައި ވިއްކާތީ މިއީ ބޮޑު ވައްކަމެއް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ.