ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުރީގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު އައިމިނަތު މައުރީންގެ ކައިވެންޏަށް ކުއްޖަކު ލިބިއްޖެއެވެ .

ބައްސާމް މިއަދު ފޭސްބުކްގައި އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށާއި މައުރީން އަށް ލިބިފައި ވަނީ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ ވިހާފައި ވަނީ މިއަދު ހެނދުނު 8:25 ގައެވެ.

މިއީ މައުރީން އާއި ބައްސާމްގެ ކައިވެންޏަށް ލިބުނު ފުރަތަމަ ކުއްޖާއެވެ.

މައުރީން އާ ދިމާވުމުގެ ކުރިން، ބައްސާމް ކުރެއްވި ކައިވެންޏަކަށް ދެ ކުދިން ލިބިފައިވެއެވެ.

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ލަވަކިޔުންތެރިންނާ އެއްވަރަކަށް ވިދާލި މައުރީން އަންނަނީ "މިނޫޝިއާ" ނަމުގައި ހުޅުމާލޭގައި ރެސްޓޯރަންޓެއް ވެސް ހިންގަމުންނެވެ. މައުރީން ވަނީ ދުބާއީގައި ހުންނަ އިންޓަނޭޝަނަލް ސެންޓާ ފޯ ކަލިނަރީ އާޓްސް އިން ކެއްކުމުގެ ކޯހެއް ފުރިހަމަކޮށް ސެޓިފައިޑް ޝެފެއްގެ މަގާމު ވެސް ހޯދައިފައެވެ.

ބައްސާމާއި މައުރީން ކައިވެނިކޮށްފައި ވަނީ އޮގަސްޓް 2018 ގައި ޖުމެއިރާ ވިޓަވެލި ރިސޯޓުގައެވެ.މިއީ ބައްސާމްގެ ދެވަނަ ކައިވެންޏަށް ވީއިރު، މައުރީނާގެ އަލަތު ކައިވެންޏެވެ.

ބައްސާމާއި މައުރީނާ ކައިވެނިކޮށްފައިވަނީ ލޯބީގެގޮތުން ގިނަދުވަހު އެއްކޮށް އުޅުމަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މަރްހަބާ

    މަރްހަބާ..

    21
    3
    • މުބީނު މާރނީ

      ލޮލުގަ އައްޑޫ ބަހުން އައިނަށް ކިޔާ ކަންނާޑީ އެއް އަޅައިގެ މި މަޒްމޫނު ކިޔާ ބަޔަ ކަލޭ. މީގަ މިއޮތީ ބައްސާމު އެހެން މީހަކާ އިނދެގެން އެމީހާ އަށް ދަރިއެއް ލިބުނީއޭ. ކަޔޭ ބީތާ ވެފަތަ ތިހިރީ؟

      5
      4
  2. ޙަސަން ކޮއި

    މަރްހަބާ...

    15
    5
  3. ފޭން

    މަރުހަބާ..!
    މައު ބޯނަސް 2 ޕޮއިންޓުން ފެށީ ވެސް ދޯ.. އެހެން ވިޔަސް ވަރަށް ގުޅޭ ޖޯޑެއް.

    11
    9
  4. ކުއްޖަ

    އެމިހުން އުޅެނީ ކުއްޖަކު ނުލިބޭގޮތަކަށް ނޫނެއްނު.

    24
    1
  5. ނަދާ ޝަރީފް

    ވަރަހަ ޢުފާވެގެ ކޮއްކޮއަކު ލިބުނުންމާ

    12
    5
  6. ޝާފީ

    ގިރިޓީގެ އަކީ ރީތި ބޭފުޅުން ތިބޭ ގެއެއް. އެގޭ ބޭފުޅުން ވަރަށް ހިތްހެޔޮ ވެސް ވާނެ. މައުރީން ޖަހަނީ ބައްސާމް ގެ މަންމަ ފާޑު. މައުރީން އަކީ ކެރޭ، ހީވާގި، މުރާލި ކުއްޖެއް. މަރްޙަބާ ބޭފުޅަކު ލިބުނީމާ.

    12
    7
  7. ސަލީމު

    ތި ވީ ގޮތުން އިތުރައް އެފް އޭ އެމްގެ ހަރަދު ތިވީ ބޮޑު

    46
    5
  8. އެފްއޭއެމް

    ދިވެހިންނަށް ހާދަފަސޭހައޭދޯ ކައިވެނިކޮށްލާ ދަރިންހޯދާ ވަރިކޮށްލާ އަނެއްކާ އެހެންމީހަކާ ކައިވެނިކޮށްލާ ދަރިންހޯދަން…

    50
    3
  9. މަރީ

    އުމުރުން އަދި 40 ނުވޭ މިހާރު މިހިރީ މާމަ ކިޔާފަ ހާދަ ފަހަތެއްގަ ތި ދެމީހުން ތި އުޅެނީ

    17
    3
  10. Anonymous

    الحمدلله
    ماشاء الله
    މަރްޙަބާ ދެކަނބަލުން
    ނިޢްމަތަކީވެސް އެކި މީހުންނަށް އެކި ވަރަށް ދެއްވާ އެއްޗެއް. އެހެން މީހުންނަށް ލިބޭ ނިޢްމަތް ތަކަށް ޙަސަދަވެރި ވަނަތަކަށް ނުވަމާ. ޝުކުރުވެރިވާ ބަޔަކަށް ވަމާ.
    ނިޢްމަތް ދެއްވާ ފަރާތުގެ މަތިވެރި ކަމާއި އެވެ

    43
    1
  11. ރިއްޕެ

    މީނައަކީ އަދީބުގެ ބޯއި. އެމްއެމްއޭގަ ހުއްޓާ އެފްއޭއެމަށް މީނަ ގެންދިޔައީ އަދީބު.

    10
    1
  12. ހަމްދޫން

    މިނޫޝިއާ އަކީ ބައްސާމް ގެ އިންވެސްޓެއް.
    ޖަލަށް ދާން ޖެހިދާނެތީ މައުރީންގެ ނަމުގަ ހުޅުވީ

    7
    2
  13. 2023

    ދެކުދިންގެ ޕާރސަނަލް ލައިފް އަދި ހަޔާތުގަ ބަރަކާތް ލައްވާށި، އެހެންނަމވެސް އެފްއޭއެމް އިން އިސްތިއުފާ ދިނުމަށް ވަރަށް އިހްތިރާމް އާއެކީ ބުނެލަން.

    13
    1
  14. ނެވާޑާ އުތުރު ބައި

    މައުރީން ހޫ؟ ނެވަ ހާޑް އަބައުޓް ހަރ