އޭޝިއަން ފުޓްބޯޅަ ކޮންފަޑަރޭޝަން (އޭއެފްސީ) ގެ އެގްޒެކްޓިވް ކޮމިޓީ އަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިހާބުވެވަޑައިގެންފިއެވެ.

އޭއެފްސީގެ 33 ވަނަ ކޮންގްރެސްގައި ބައްސާމް، އެކްސްކޯ އަށް މިއަދު އިންތިހާބުވެވަޑައިގަތީ 47 ގައުމަކާ ވާދަ ކުރައްވައިގެންނެވެ. ބަހްރެއިންގައި ކުރިއަށް ދިޔަ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އިންތިހާބުގައި ބައްސާމާއި އެކްސްކޯގެ މެމްބަރުން އިންތިހާބުކޮށްފައި ވަނީ 2027 ގެ ނިޔަލަށެވެ.

 

މި ކޮންގްރެސްގައި އޭއެފްސީގެ ރައީސަކާއި ފަސް ޒޯނަކަށް ބަހާލައިގެން އޭއެފްސީގެ ނައިބު ރައީސުންނާއި ފީފާގެ ހަ ކައުންސިލް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި އެއް އަންހެން މެމްބަރަކު ވެސް ހިމެނެއެވެ.

މީގެއިތުރުން އޭއެފްސީ އަންހެން އެގްޒެކްޓިވް ކޮމިޓީ އަށް ފަސް މެމްބަރުން އިންތިހާބު ކުރާއިރު، އޭގެ ތެރެއިން އެކަކު ވާން ޖެހޭނީ ފީފާގެ ކައުންސިލް މެމްބަރަކަށެވެ.

ހަމައެއާއެކު، އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީ އަށް ޖުމްލަ ނުވަ މެމްބަރުން އިންތިހާބު ކުރާނެއެވެ.

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަން އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދު ވަނީ ކުރައްވައިފައެވެ.

އޭޝިއާގެ ފުޓްބޯޅައިގެ ބާރުގަދަ މަގާމަކަށް ބައްސާމް އިންތިހާބުވެވަޑައިގެންނެވި އިރު، އެފްއޭއެމް ވަރަށް ބޮޑަށް ދަރަނިވެރިވެ، އެ އެސޯސިއޭޝަނަށް ބައެއް ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވެފައިވެއެވެ. އަދި އެފްއޭއެމް އިން ކަރަންޓު ބިލު ނުދައްކައިގެން ސްޓެލްކޯ އިން ކަރަންޓު ވެސް ކަނޑާލާފައިވެއެވެ.

ރާއްޖޭގެ ބައެއް ކުންފުނިތަކަށް އެފްއޭއެމް ދަރައި ކޯޓުގައި އެ މައްސަލަތައް ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ދެން އިވޭނީ އޭއެފްސީ ހިންގާ އިމާރާތުން ބިލްނުދައްކައިގެން ކަރަންޓް ކަނޑާލި ޚަބަރު.

    11
    2
  2. ކޯޗެއް

    ބައްސާމަށް ހައްގު އެއްޗެއް ތިއީ. ތި ވޯޓު ކާމިޔާބުކުރުމަށް ބައްސާމްވަނީ އެތައް މިލިއަނެއް ހަރަދު ކޮށްފަ. އެތައް ބަޔަކަށް ޓިކެޓާ އެކޮމޮޑޭޝަން ދީފަ ރާއްޖޭއަށް ޗުއްޓީ ހޭދަކުރަން ރިސޯޓުތަކަށްވެސް ގެނެސްފަ

    • ޝައްފަ

      ނިކަމެތި ރައްޔިތުން ގެ ލާރި ޙަރަދު ކޮށްގެން ދޯ!!! ބަލާ އެއް.

  3. Anonymous

    އެފް އޭއެމް ފަނާކޮލިމިހާދޯ

  4. Anonymous

    ކޮރަޕްޝަން ހުރިހާ ދިމާއެއްގަ
    ވެލް ޓޮލެރޭޓެޑް