އާއިލާއެއްގެ އެންމެ ދޮށީ ދަރިވެގެން ދާނީ ހުރިހާ ކަމެއްގެ ޒިންމާ އުފުލުންވީ އެކަކެވެ. އެއީ ގިނަބަޔަކު ދެކޭ ގޮތެވެ. އާއިލާގެ ދެން ތިބޭ މީހުންނަށް އަޅާލާ އެ މީހުންނަށް ކަންތައްކޮށްދޭން ޖެހޭނެ މީހަކީ އެއީކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިގޮތަށް ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ ސަބަބުން ވަރަށް ގިނަބަޔަކު އެކަމާއި ދެކޮޅަށް ވާހަކަދައްކަމުންދާއިރު، އެކަން އެގޮތަށް އޮންނާތީ އެ ޒިންމާ ކޮނޑު އަޅައިގެން އުޅޭ މީހުންވެސް މަދެއް ނޫނެވެ. އާއިލާއެއްގެ އެންމެ ދޮށީ ދަރިފުޅަށް ވުމުން ކުރަން ޖެހޭ ބައެއް ކަންތައްތަކަށް ބަލާލަމާ ހިނގާށެވެ.

އެންމެ ވިސްނުން ތޫނު މީހަށް ވާން ޖެހޭ.

ހުރިހާ ކަމެއްގައި ޑިޒިޝަން ނެގޭ އަދި ވިސްނުން ރަނގަޅު މީހަކަށްވާން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެކަކީ އާއިލާގެ އެންމެ ބޮޑު މީހާއެވެ.

އެންމެ ކެރޭ އަދި ގޮތް ނިންމޭ މީހާއަށް ވާން ޖެހޭ.

މިއީ އާއްމުކޮށް ދިމާވާ ކަމެކެވެ. އާއިލާ ތެރޭގައި ދިމާވާ މައްސަލަތައް ހައްލު ކުރަން މީހަކު ނުހުންނަ ކަމެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި، އެކަން ކުރަން ތިބެން ވާނީ އާއިލާގެ އެންމެ ބޮޑު މީހާއެވެ. އޭނާއަކީ ބަސްވިކޭ އަދި ކެރޭ މީހަކަށްވާން ޖެހެއެވެ. އަދި ކަންކަމުގައި ގޮތް ނިންމޭ މީހަކަށްވެސް ވާން ޖެހެއެވެ.

ކިޔެވުމުގެ ކަންތަކުގައި ކުދިންނަށް އެހީވާން ޖެހޭ.

އާއްމުކޮށް ހުރިހާ ކަމެއް އިނގޭ މީހަކީ ބޮޑު ދަރިފުޅުކަން މައިންބަފައިން ގަބޫލުކުރާހިސާބުން، ދެން ތިބި މީހުންގެ ފިލާވަޅުތައް ހެދުމުގައި އެހީތެރިވުމަށާއި، އަދި އެ ނޫންވެސް ކަންތަކުގައި ތިމާ ހުންނަން ޖެހެއެވެ.

އާއިލާ އެހެން މީހުންނަށް ހަރަދު ކުރުން

އާއިލާގާއި ދެން ތިބެނީ ކުޑަކުދިންކަމުގައިވާނަމަ، އެ ކުދިންގެ ކަންކަން ބެލުމާއި، އެ ކުދިންނަށް ހަރަދު ކުރަންވެސް ޖެހޭ މީހަކަށްވާނީ އެންމެ ބޮޑު މީހާއެވެ.

މިއީ އާއިލާއެއްގެ އެންމެ ބޮޑު މީހާއަށް ވުމުންް ބައެއް މީހުން ފެންމަތިކުރުވާ މައްސަލަތަކެކެވެ. އެއީ މައްސަލައެއް ނޫންކަމަށް ގަބޫލުކުރާ މީހުންވެސް އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމާ

    މަމެންގޭ ތިޔާދިމާ އިދިކޮޅު